18 Jan 2013, 23:43
ބްރިގޭޑިއާ ޖެނެރަލް އަޙްމަދު ނިލާމްގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައެއް ބަލަމުންދާތީ އޭނާއާ ޙަވާލުކޮށްފައިވާ އެންމެހާ މަސްއޫލިއްޔަތުތަކުން ސަސްޕެންޑްކޮށްފައިވާ ކަމަށް ޑިފެންސް މިނިސްޓްރީ އިން މިރޭ ބުނެފި އެވެ.
އެމްއެންޑީއެފުގެ ތަރުޖަމާން އަބްދުއްރަހީމް މިރޭ ސަން އަށް ވިދާޅުވީ މިއަދުން ފެށިގެން ނިލާމް ސަސްޕެންޑްކޮށްފައި ވަނީ މުއްދަތަދެއް ނެތި ކަމަށެވެ.
ސިފައިންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ ނިލާމް ސަސްސްޕެންޑްކޮށްފައި މި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު ކޮމެޓީ އަށް އޭނާ ދެއްވި އިންޓަވިއުއެއް މަޖިލީހުގެ އެ ކޮމެޓީން އާންމު ކުރިތާ 48 ގަޑި އިރު ވެސް ނުވަނީހެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާ ގާތް ގުޅުމެއް ދަމަހައްޓަމުން އައި ނިލާމް އެމްޑީޕީ މެޖޯރިޓީ އޮންނަ ކޮމެޓީގައި ވިދާޅުވެފައި ވަނީ ސިފައިންގެ ހަފްލާއެއްގެ ތެރޭގައި ކުރީގެ ރައީސް މުހަންމަދު ނަޝީދު އަވަހާރަކޮށްލަން ރާވަމުން ދިޔަ ކަމުގެ ޖާސޫސީ މައުލޫމާތު ލިބިވަޑަގެންފައިވާ ކަމަށެވެ.
ކޯނީގެ ރިޕޯޓްގެ ދިރާސާ ކުރާ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ އަށް ނިލާމް ވިދާޅުވެފައި ވަނީ، އޭނާ އަށް އެ މައުލޫމާތު ފޯރުކޮށްދިނީ 2010 ވަނަ އަހަރު ސިފައިންގެ އޮފިސަރެއް ކަމަށެވެ.