18 Jan 2013, 22:44
"ޕިސްޓަން މޮޓޯ ރޭސިން ޗެލެންޖް 2013" ރަސްމީކޮށް ހުޅުވުމުގެރަސްމިއްޔާތު ރާޅުގަނޑު ސަރަހައްދުގައި ބާއްވައިފި އެވެ.
ޕިސްޓަން ގުރޫޕުން އިންތިޒާމް ކޮށްގެން މޯލްޑިވްސް މޮޓޯ ރޭސް އެސޯސިއޭޝަން (އެމްއެމްއާރުއޭ) އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑިއެފް) އާ ގުޅިގެން އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ހުޅުމާލޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި އިވެންޓު ރަސްމީކޮށް ލޯންޗް ކޮށްދެއްވީ ޝަރަފުވެރި މެހެމާން ޑިފެންސް މިނިސްޓަރު އަދި އެކްޓިންގ ޓްރާންސްޕޯޓް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އެވެ.
ރަސްމިއްޔާތު ފެށިގެން ދިޔައީ އެކްޓިން ޓްރާންސްޕޯޓް މިނިސްޓަރު ކާނަލްރިޓަޔާޑް މުހައްމަދު ނާޒިމް އެ އިވެންޓް ރަސްމީކޮށް ހުޅުވައިދެއްވުމުންނެވެ.
އެ އިވެންޓް ފައްޓަވައިދެއްވުމުގެ ގޮތުން މިނިސްޓަރު ނާޒިމް ވަނީ ރޭހުގެބައިވެރިންނާ އެކު ހެންވޭރު އަޑިޕާކުގެ ވަށައިގެން ކާރު ބުރެއް ޖައްސަވާފައެވެ. އެއަށްފަހު އެ މުބާރާތުގެ ބައިވެރިން ވަނީ ސައިކަލް ސްޓަންޓް ޖެހުމުގެ ހަރަކާތެއް އެ ސަރަހައްދުގައި ކުރިއަށް ގެންގޮސްފަ އެވެ. އެކުޅިވަރު ބެލުމަށް ގިނައަދަދެއްގެ އާންމުން ވެސް އެ ސަރަހައްދަށް ގޮސްފައިވެ އެވެ.
އިވެންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ ރޭސިން އަކީ ރާއްޖޭގައި ކުރިއެރުވިދާނެ ކުޅިވަރެއް ކަމަށާއި އެ ކުޅިވަރަކީ ޒުވާނުންގެ ތެރޭގައި މަގުބޫލް ވަމުން އަންނަ ކުޅިވަރެއްކަމަށެވެ. އަދި ރާއްޖޭގައި ރޭސިން ކުރިއެރުވުމަށް ސަރުކާރުން ކޮށްދެއްވެންއޮތް ހުރިހާ މަސަކަތެއް ކޮށްދެއްވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
"ސަރުކާރުން މިކަމަށް އިރާދަ ކުރެއްވިއްޔާ ވަރަށް ބޮޑު އިސްކަމެއް ދޭނަން. އޭގެ ތެރޭގައި އަޅުގަނޑު ދެކަމެއް ފާހަގަ ކޮށްލާނަން. އޭގެ ތެރޭގައިދިވެހިރާއްޖެއަށް ކާރުރޭސް ދުއްވަން އެތެރެ ކުރެވޭ ހުރިހައި އުޅަނދު ތަކަކީރަޖިސްޓްރީ ނުކޮށް އެތެރެކޮށްގެން ބޭނުން ކުރެވޭ އުޅަނދު ތަކެއްގެގޮތުގައި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާނގައި ހަމަޖައްސައި ދޭނަން. ދެވަނަ ކަމެއްގެ ގޮތުގައި މިކަހަލަ ރޭސިން އިވެންޓުތަށް ބޭއްވުމަށްޓަކައިއަޅުގަނޑުމެން ވަކިތަނެއް ހާއްސަކޮށްގެން ރޭސިން އުޅަނދުތައްބެހެއްޓުމަށްޓަކައި މިދަނީ ތަނެއް ހޯދުމަށް މަސައްކަތް ކުރަމުން،" ނާޒިމްވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ރޭސިން އިވެންޓުގައި ބައިވެރިވާ ޒުވާނުންނަކީ ވަރަށް ޚާއްސަ ބައެއްގެ ގޮތުގައި ދެކިގެން، އެ އިވެންޓުގައި ބައިވެރިވާ އެއްވެސް މީހެއްގެ އަތުން ފީ ނުނަގައި އެ މުބާރާތް ސަރުކާރުން އިންތިޒާމްކޮށްދެއްވާނެ ކަމަށެވެ. އަދި އެ އިވެންޓަކީ ރާއްޖޭގައި ބޭއްވޭ މިކަހަލަ އިވެންޓްތަކުގެ ތެރެއިން ވަރަށް ފުރިހަމައަށް ބޭއްވޭ އިވެންޓެއް ގޮތުގައިވެގެން ދާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މި ބޭއްވޭ އިވެންޓަކީ އޅުގަނޑު ގަބޫލުކުރަނީ ވަރަށް މުހިންމު ޒުވާނުންތަކެއް ބައިވެރިވެގެން ހިންގޭ އިވެންޓެއްކަމަށް. މި އިވެންޓު ސަރުކާރުންއެއްވެސް ޒުވާނެއްގެ އަތުން ފައިސާއެއް އަތުލުމެއް ނެތި އަޅުގަނޑުމެން މިއިވެންޓު އޯގަނައިޒް ކޮށްދީ ހިންގައިދޭނޭ ކަމަށް ހުރިހައި ޒުވާނުންނަށްމިފުރުސަތުގައި ދަންނަވަން،" ނާޒިމް ވިދާޅުވި އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި އެ އިވެންޓުގައި ބައިވެރިވާ ހުރިހާޒުވާނުންނަކީ ވެސް ވަރަށް ރިވެތި އަހްލާގު ދައްކާ ޒުވާނުން ތަކެއް ކަމަށް ވެގެންދިއުމަކީ އެމަނިކުފާނު ވަރަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށްވިދާޅުވި އެވެ. އަދި ރޭހުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުންވެސް ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ވެސް ނާޒިމް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
ދުނިޔޭގެ ފެންވަރުގައި ރޭސިންގެ ކުޅިވަރުތަކުގައި ރާއްޖެ ބައިވެރިވެރަނގަޅު ނަތީޖާތަކެއް ނެރެދިނުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމެއްކަމަށާއި އެ ނަތީޖާ ހާސިލު ކުރުމަށްޓަކައި އެކުޅިވަރަށް ޝައުގުވެރިކަންހުރި 18 އަހަރު ނުފުރޭ ކުދިންނަށް ޚާއްސަ ހުއްދައެއް ދީގެންއެ ކުޅިވަރު ފަރިތަ ކުރެވޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް ވެސް ނާޒިމްވިދާޅުވި އެވެ.
"އަޅުގަނޑު އުއްމީދަކީ އިރާދަކުރެއްވިއްޔާ ޒުވާނުންނާ އެކުގައި ސަރުކާރުންމިކުޅިވަރު އާލާކޮށް ދިރުވުމަށްޓަކައި މަސައްކަތް ކޮށްދޭނަމޭ. އަދިހާއްސަކޮށް މި ކުޅިވަރަކީ 18 އަހަރު ނުފުރޭ ޒުވާނުންނަށްވެސް، ހާއްސަކުރެވޭވަކިތަނެއްގައި ދުއްވޭކަހަލަ، ފަރިތަކުރެވޭ ތަނެއްގެ ގޮތުގައި ދިވެހިސަރުކާރުން އެކަން ހަމަޖައްސައިދޭނޭ ވާހަކަ ތިހުރިހައި ފާރާތްތަކުގެމައުލޫމާތަށް އަޅުގަނޑު ދަންނަވާލަން،" ނާޒިމް ވިދާޅުވި އެވެ.