މާލޭގެ ގެއެއްގައި ޖުވާ ކުޅެމުން ދިޔަ ބިދޭސީން ތަކެއް ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ރޭ ދަންވަރު 1:00 އެހާކަންހާއިރު ކޯޓް އަމުރެއްގެ ދަށުން މ. ޕިންކްރޯޒް ބަލައި ފާސްކުރުމުގެ ތެރޭގައި ޖުވާ ކުޅެމުން ދިޔަ 21 ބިދޭސީ އަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ 21 މީހުންގެ ތެރެއިން 15 މީހުންނަކީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބައެއް ކަމަށް ވެސް ފުލުހުން ބުންޏެވެ،

އެ މީހުން ހައްޔަރު ކޮށް އެގޭތެރެ ބަލައި ފާސްކުރި އިރު ޖުވާކުޅުމަށް ބޭނުންކުރާ އާލާތްތަކާއި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރޭ ހައްޔަރު ކުރި 21 ބިދޭސީންގެ އިތުރަށް ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުން ދިޔަ 53 ބިދޭސީއަކު އެގޭތެރެއިން ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ