ހަ ރަށެއްގެ ބިންހިއްކުމުގެ މަޝްރޫއު ކޮންޓުރެކްޓްގައި ހައުސިން މިނިސްޓުރީ އާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އާއި ދެމެދު އިއްޔެ ސޮއިކޮށްފި އެވެ.

ހައުސިން މިނިސްޓުރީގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ދިވެހި ސަރުކާރުގެ ފަރާތުން އެއެއްބަސް ވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓާ ޑރ. މުހައްމަދު މުއިޒެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓާ ޝުހެއިލް އަހުމަދެވެ.

ހައުސިން މިނިސްޓުރީއިން ބުނީ ބިން ހިއްކުމަށް ސޮއިކޮށްފައިވާ ހަ ރަށަކީ ކ. ތުލުސްދޫ އާއި ތ. ގުރައިދޫ އާއި ކ. މާފުށީގެ އިތުރުން ދ. މީދޫ އާއި ދ. ކުޑަހުވަދޫ އާއި ކ. ގުރައިދޫ އެވެ. އަދި އެހުރިހާ ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް އެޗްޑިސީ އިން ކުރަން ނިންމާފައިވާއިރު ތ. ގުރައިދޫ އާއި ތުލުސްދޫގެ ބިން ހިއްކުމުގެ މަސައްކަތަށް ސަރުކާރުގެ ބަޖެޓުން ހަމަ ޖައްސާއިރު ބާކީ ހުރި ރަށްތަށް ހިއްކުމުގެ މަސައްކަތްތައް ހިންގާނީ އެޗްޑީސީ އިން ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން ހިއްކުމަށް ނިންމާފައި ވަނީ ކިތަށް ހެކްޓަރު ކަމެއް އަދި އެއީ ކިހާވަރެއްގެ ހަރަދެއް ހޭދަވޭ މަޝްރޫއެއް ނޭނގެ އެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ބިން ހިއްކުމުގެ މަސައްކަތް ފަށާ ރަށްރަށުގެ ކައުންސިލް މެމްބަރުން ވަނީ ބައިވެރިވެފަ އެވެ.