އެމްޓީސީސީގެ ސީއީއޯ ކަމުގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފި އެވެ.


ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވީ މިދިޔަ ހަފުތާގެ ތެރޭގައި އެމްޓީސީސީގެ ސީއީއޯއެއް ގޮތުގައި ހުސައިން އަމްރު ލައްވާފައިވާ ކަމަށެވެ.


އަމްރު ކުރިން ހުންނެވީ ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަ ސެކްރެޓަރީގެ މަގާމުގައި ކަމަށް ވެސް ވިދާޅުވި އެވެ.


އެންމެ ފަހުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވީ މުހައްމަދު ނަސީމް(ނަފާ ނަސީމް) އެވެ. ނަފާ ނަސީމް މަގާމުން ވަކި ކުރެއްވީ ވާދަވެރި މާކެޓްގައި ސަރުކާރުގެ ޕޮލިސީއާ އެއްގޮތަށް މަސައްކަތް ނުކުރެވުމުން މިދިޔަ ޖެނުއަރީ މަހު އެވެ.


އެމްޓީސީސީއަށް އަލަށް ވަޑައިގެންނެވި ސީއީއޯއަކީ ކޯޕަރޭޓިވްސްގެ ދާއިރާއިން މަތީ ތައުލީމް ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.