ފިލިޕީންސަށް ދިވެހި ރާއްޖެ އިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް، މާފަންނު ކަލީ ޙުސައިން ޝިހާބް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފި އެވެ.

ފިލިޕީންސަށް ދިވެހިރާއްޖެ އިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ޙުސައިން ޝިހާބް، ރައީސުލްޖުމްހޫރިއްޔާ މި ޢައްޔަން ކުރެއްވީ، ރައީސް އޮފީހުން ބުނި ގޮތުގައި، ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެ މަތިންނެވެ.