14:30


ހަފުތާއަކަށް މެދުކެނޑިފައި އޮތުމަށްފަހު އަރަބިއްޔާ ސްކޫލްގެ ކިޔެވުން ކުރީގެ އެމްއީއެސް އިމާރާތުގައި މިއަދު ފަށައިފި އެވެ.


އަރަބިއްޔާ ސްކޫލްގެ އިމާރާތުގެ ތަންތަންގަނޑު ވެއްޓި، ދަރިވަރުންނަށް ނުރައްކާވާ ހިސާބަށް ގޮސް، ސްކޫލްގެ ކިޔެވުން މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ހުއްޓާލުމަށްފަހު، އެމްއީއެސް ހުރި އިމާރާތުގައި މިއަދު ފެށިއިރު މާ ބޮޑު މައްސަލަތަކެއް ދިމާނުވާ ކަމަށް އެ ސްކޫލްގެ މުދީރު އައްޝައިހް މުހައްމަދު ރަޝީދު އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.


އަރަބިއްޔާ އިމާރާތް ކުރާނެ ފައިސާ އެޑިއުކޭޝަން މިނިސްޓްރީގައި ނެތް ނަމަވެސް، އަރަބިއްޔާގެ ކިޔެވުން އެމްއީއެސް އިމާރާތުގައި ކުރިއަށް ގެންދެވޭނީ ގިނަވެގެން ދެ އަހަރަށް ކަމުގައި އެމްއީއެސް އިމާރާތް ކުއްޔަށް ހިފައިގެން އުޅޭ މަންދު ކޮލެޖުން ވަނީ ބުނެފަ އެވެ.


ގްރޭޑް އެކަކުން ބާރައާ ހަމައަށް ކިޔަވައިދޭ 630 ދަރިވަރުންގެ އަރަބިއްޔާ ސްކޫލްގެ ކިޔެވުން މަންދު ކޮލެޖްގައި ކުރިއަށް ގެންދާނީ 12 ކުލާސް ރޫމެއްގަ އެވެ.