17 Jan 2013, 01:07
ރާއްޖެއާއެކު ރަހުމަތް ތެރި ކަމުގެ މެޗްތަކެއް ކުޅުމަށް ޗައިނާގެ ހޮނާން ޕްރޮވިންސްގެ ޓޭބަލް ޓެނިސް ޓީމެއް މިރޭ މާލެ އަތުވެއްޖެ އެވެ.
ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ރައީސް އަހުމަދު ލަތީފް ވިދާޅުވީ، މިރޭ މާލެއާ ޗައިނާގެ ޓޭބަލް ޓެނިސް ޓީމުގައި ޖުމްލަ ހަތަރު ކުޅުންތެރިން ހިމެނޭ ކަމަށާއި އެއީ ދެ އަންހެން ކުދިންނާއި ދެ ފިރިހެން ކުދިން ކަމަށެވެ.
ލަތީފް ވިދާޅުވީ، ޗައިނާގެ ޓީމް ރާއްޖޭގެ ޓޭބަލް ޓެނިސް ކުޅުންތެރިންނާއެކު މާދަމާ މެޗްތަކެއް ކުޅުމަށް ހަމަޖެހިފައި ވާއިރު، އަންނަ ހުކުރު ދުވަހު ވެސް ރަހުމަތްތެރި ކަމުގެ މެޗްތަކެއް ކުޅުމަށް ހަމަޖެހިފައިވާ ކަަމަށެވެ. އަދި މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ކުޅިވަރު އެކުއެނީގައި ކަމަށް ވެސް ލަތީފް ވިދާޅުވިއެވެ.
ޗައިނާގެ ޓީމް ރާއްޖެ އަށް ކުރާ ދަތުރުގައި ރާއްޖޭގެ ޔޫތު މިނިސްޓްރީ އާއި ރާއްޖޭގެ އޮލިމްޕިކް ކޮމެޓީއާ ބައްދަލު ކުރާނެ ކަމަށް ވެސް ޓެނިސް އެސޯސިއޭޝަނުން ބުންޏެވެ.
ރާއްޖެއަށް ކުރާ ދަތުރު ނިންމާލުމަށްފަހު ޗައިނާގެ ޓެނިސް ޓީމް ފުރުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ.