ޅ.ކުރެއްދޫ ރިސޯޓްގެ ގޮނޑުދޮށުގައި އަންހެން ޓޫރިސްޓަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އޭނާ ފެނިފައި ވަނީ ރޭ ދަންވަރު 1:00 ޖަހާކަންހާއިރު ކަމަށާއި އަދި ބޮޑަށް ބެލެވެނީ އެއީ އެ ރަށަށް ގޮސް އުޅުނު ޓޫރިސްޓަކަށް ކަމަށެވެ. ނަމަވެސް އެ ރަށު ޓޫރިސްޓަކު ގެއްލިގެން ރިޕޯޓް ކޮށްފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުންގެ އޮފިޝަލު ވިދާޅެއްނުވެ އެވެ.


ކުރެއްދޫ ރިސޯޓުން ވެސް އޭނާ އާ ބެހޭ އިތުރު މައުލޫމާތެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.


 


ފުލުހުންގެ އޮފިޝަލު ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަމުންދާތީ މިވަގުތު އިތުރު މަޢުލޫމާތު ދެވެން ނެތް ކަމަށެވެ.


އެ އަންހެން މީހާގެ ހަށިގަނޑު އަދިވެސް އޮތީ އެ ރިސޯޓުގަ އެވެ.