ގަން އެއަޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑު، ރައީސުލްޖުމްހޫރިއްޔާ އަލުން އެކުލަވައިލައްވައިފި އެވެ. ބޯޑުގެ ޗެއަމަނަކަށް ހަމަޖައްސަވާފައި ވަނީ، އައްޑު ސިޓީގެ ހިތަދޫ އަލްމާސް ޢަބްދުﷲ ޠާހިރެވެ. މެނެޖިންގް ޑިރެކްޓަރަކަށް ހަމަޖައްސަވާފައި ވަނީ ހިތަދޫ ރިޔާޒް، ޢަބްދުﷲ ޖަމީލެވެ.

ގަން އެއަޕޯޓް ކޮމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން މެންބަރުންނަކީ، ހިތަދޫ ފެއަލިން އިބްރާހީމް ޖަމާލާއި ހިތަދޫ ގުލްފާމްގޭ ފާޠިމަތު މުޙަންމަދުދީދީ އާއި އަދި ހިތަދޫ މައިޒާންދޮށުގޭ އިބްރާހީމް ސަޢީދެވެ.