16 Jan 2013, 14:19
އޯލް ނިޕޯން އެއާވޭސް (އޭއެންއޭ)ގެ ފްލައިޓެއް އެމެޖެންސީގައި ލޭންޑު ކުރަން ޖެހުމާ ގުޅިގެން ޖަޕާނުގެ އެންމެ ބޮޑު ދެ އެއާލައިންގެ ހުރިހާ ފްލައިޓުތަކެއް ގްރައުންޑް ކޮށްފި އެވެ.
އޭއެންއޭ އިން ބުނެފައިވަނީ ޓޯކިޔޯއިން އުބޭއަށް ދަތުރު ކުރި ފްލައިޓް ޖަޕާނުގެ ހުޅަނގު ދެކުނުގެ ތަކަމަޓްސޫ އެއާޕޯޓަށް އެމެޖެންސީގައި ލޭންޑްކުރަން ޖެހުނީ އޭގެ ބެޓެރިއަކަށް ދިމާވި މައްސަލައަކާ ގުޅިގެން ލިބުނު ކޮކްޕިޓް އެރާ މެސެޖެއްގެ ސަބަބުން ޕައިލެޓަށް ބޯޓު ލޭންޑް ކުރަން މަޖުބޫރުވުމުން ކަމަށެވެ. އަދި އެވަގުތު ކޮކްޕިޓް ތެރެއިން ޕައިލެޓަށް ދުމުގެ ވަސް ދުވިކަމަށް ވެސް ވެއެވެ.
އެހާދިސާއާ ގުޅިގެން އޭއެންއޭއިން ވަނީ އެ އެއާވޭސްގެ 17 އެއާކްރާފްޓެއްގެ ސަލާމަތީ ކަންތައްތައް ހުރިނެތް ގޮތް ޗެކްކުރުމަށް ޕާކުކޮށްފަ އެވެ. އަދި އަލުން ދަތުރުތައް ފަށާނެ އިރެއްވެސް އެ ފަރާތުން ހާމަކޮށްފައެއް ނުވެއެވެ.
އަދި ޖަޕާން އެއާލައިންސް އިން ވަނީ ބޮއިން 787 ގެ ހުރިހާ ފްލައިޓެއްގެ ޝެޑިއުލް ދަތުރުތަކެއް ސަލާމަތީ ކަންތައްތަކާހުރެ ވަގުތީ ގޮތުން މެދު ކަނޑާލާފަ އެވެ.
ޖަޕާނުގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައި ވަނީ އިމަޖެންސީ ލޭންޑިންގެ މިހާދިސާ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން ގެންދާކަމަށެވެ.