ކޮންމެ ތަނަކު ހުރެގެން ވެސް އިންޓަނެޓްގެ ޚިދުމަތް ލިބޭ "ޓަޗްނެޓް ކަނެކްޝަން ކިޓް" 399ރ. އަށް ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.


ދިރާގުގެ އެސިސްޓެންޓް މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖާ އިބްރާހިމް މޫސާ (ފޯޑް) ވިދާޅުވީ، މާލޭގެ ދެ ސަރަހައްދެއްގައި ޓަޗްނެޓް ކަނެކްޝަން ކިޓް ވަރަށް ހެޔޮ އަގެއްގައި ވިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ރާޅުގަނޑު ސަރަހައްދުގަ އާއި ސަލާހުއްދީން އިމާރާތް ކައިރީ އޮންނަ ހުސް ބިމުގައި ގާއިމްކޮށްފައިވާ ދިރާގުގެ ސްޓޯލްތަކުން، އާއްމުކޮށް 800ރ. އަށް ދިރާގުން ވިއްކާ ޓަޗްނެޓް ކަނެކްޝަން ކިޓް 399ރ. އަށް ލިބެން ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


މި ޕްރޮމޯޝަން ކުރިއަށްދާނީ، މިއަދާ މާދަމާ ހަވީރު 4:00 އިން 6:00 އަށް، އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ. 


މިއަދަކީ ރާއްޖޭގައި ފުޅާދައިރާއެއްގައި މުވާސަލާތީ ޚިދުމަތްދެމުން އަންނަ ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް (ދިރާގު) އަށް 22 އަހަރު ފުރޭ ދުވަސް ވެސްމެއެވެ. ނަމަވެސް، ފޯޑް ވިދާޅުވީ، މިއަދު ފަށާ ޓަޗްނެޓް ޕްރޮމޯޝަނާ ދިރާގުގެ އެނިވާސަރީއާ ގުޅުމެއް ނެތް ކަމަށެވެ.