15 Jan 2013, 13:40
ހދ. ނޮޅިވަރަންފަރުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހުންނަށް ބިރުދައްކައި މާރާމާރީ ހިންގި ދެ މީހެއްގެ މައްސަލަ ޕީޖީ އަށް ފޮނުވައިފި އެވެ.
ތޫނު ހަތިޔާރާ އެކު ރަށުތެރެއަށް ނުކުމެ، މީހުންނަށް އިންޒާރުދީ ހަތަރު މީހަކަށް ތޫނު އެއްޗަކުން ހަމަލަދީ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައި ވަނީ ނޮޅިވަރަންފަރު، އޭޝިޔާ, މުޙައްމަދު އަޝްރަފް، 25، އާއި ހަމަ އެ ރަށު ގުލްބަކާގެ، މަޢުމޫން މުޙައްމަދު، 19، ގެ މައްޗަށެވެ.
އެ ދެ މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދިފޮނުވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ރެ އާއި 21 ވަނަ ދުވަހުގެރޭ ހިންގި މާރާމާރީއާ ގުޅިގެން ނެވެ.
އެ މައްސަލަތަހުގީގު ނިންމައި ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ އިއްޔެ އެވެ.