15 Jan 2013, 13:26
އިނގިރޭސި ޕްރެމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި މެދު ހާސްނުވާ ކަމުގައި މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު ޕެޓްރީޝޭ އެވްރާ ބުނެފި އެވެ.
އެންމެ ފަހުގެ ޗެމްޕިއަން ސިޓީ މިހާރު އޮތީ ޕްރެމިއާ ލީގުގެ ދެ ވަނާގަ އެވެ. މި ވަގުތު އެއް ވަނާގައި އޮތް ޔުނައިޓެޑާއި ސިޓީ އާއި ދެމެދު ހަތް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. 1967 އަހަރާއި 1968 ވަނަ އަހަރުގެ ސީޒަނަށް ފަހު ސިޓީ އިން މިދިޔަ ސީޒަނުގައި އުނދަގުލާއެކު ތަށި އުފުއްލާލިއިރު، އެ ތަށި ދިފާއު ކުރުމަށް އެ ޓީމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވެ އެވެ.
"މިއަހަރު އަހަރެމެން ވިސްނަމުން މިދަނީ އަހަރެމެންނާއި މެދު. މިދިޔަ އަހަރު އަހަރެމެން ބޮޑަށް ހާސްވީ ސިޓީއާއި ހެދި. އަހަރެމެން މިހާރު އިސް ކަމެއް މިދެނީ އަންނަ މެޗަށް. އަހަރެމެންގެ ރަނގަޅު ސީޒަނާއެކު ޗެމްޕިއަންކަން ހޯދޭނެ. މި ސީޒަންގައި ޝިންޖީ ކަގާވާ އާއި ރޮބިން ވެން ޕާސީ ޓީމާއި ގުޅުމުން ސްކޮޑް ވަނީ އިތުރަށް ވަރުގަދަ ވެފައި،" އެވްރާ ބުންޏެވެ.
ޔުނައިޓެޑުން ދަނީ މި ސީޒަންގައި ވަރަށް ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ޔުނައިޓެޑުން ޕްރެމިއާ ލީގުގައި ކުޅުނު ބާވީސް މެޗުގެ ތެރެއިން އަށާރަ މެޗު ކާމިޔާބު ކޮށްފައި ވެއެވެ.
ސިޓީ އެންމެ ފަހުން ބަލިވީ ނޮވެމްބަރު 17 ވަނަ ދުވަހު ނޮވިޗް ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗުންނެވެ. އެ މެޗު ނިމިގެންދިޔައީ 1-0 ލަނޑުން ނޮވިޗް މޮޅުވެގެންނެވެ.