15 Jan 2013, 12:57
މިއަހަރުގެ ފުރަތަމަ ޓާމުގައި އެކަނި ވެސް ގައުމީ ޔުނިވާސިޓީން 7،000 އާ ގާތްކުރާ ވަރަށް ދަރިވަރުން ތައުލީން ހާސިލު ކުރާނެ ކަމަށް އެ ޔުނިވާސިޓީން މިއަދު ބުނެފި އެވެ.
ޔުނިވަސިޓީން ބުނީ 7،000 ގާތްކުރާ އަދަދަށް ދަރިވަރުން ކިޔަވާނެ ކަމަށް ލަފާކުރާއިރު، އެ ކޯސްތަކުގެ ތެރޭ ސެޓްފިކެޓް ފެންވަރުން ފެށިގެން ޕީއެޗްޑީގެ ކޯސްތައް ހިމެނޭ ކަމަށެވެ. މީގެ އިތުރުން ޔުނިވަސިޓީން ހިންގާ ކުރު މުއްދަތުގެ ކޯސް ތަކުގައި ކޮންމެ އަހަރަކު ވެސް 2000 ގާތް ކުރާ ވަރަށް ދަރިވަރުން ތައުލީމު ހާސިލް ކުރަމުންދެ އެވެ.
އަލަށް ހޮވުނު 3،085 ދަރިވަރުންނާ އެކު ގައުމީ ޔުނިވަސިޓީގެ ފުރަތަމަ ޓާމުގެ ރަޖިސްޓްރޭޝަން މިއަދު ފަށާފައިވާއިރު، ޔުނިވަސިޓީން ބުނީ އެއް ޓާމެއްގައި އެންމެ ގިނަ ދަރިވަރުން ތައުލީމް ހާސިލް ކުރަން ފެށީ މިއަހަރު ކަމަށެވެ. މިދިޔަ އަހަރު ފުރަތަމަ ޓާމުގައި މުޅި ޖުމްލަ ހޮވާފައި ވަނީ 2،396 ދަރިވަރުންނެވެ. އެހެންކަމުން މިދިޔަ އަހަރާ އަޅާ ބަލާއިރު، އެއީ 29 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ.
ޔުނިވާސިޓީން ބުނީ އިއުލާނުކުރި ބައެއް ކޯސްތަކަށް ދަރިވަރުން ހޮވަމުން ގެންދާތީ އެ އަދަދު އިތުރުވާނެ ކަމަށެވެ. ޖާގަ ހުރި ކޯސްތަކުން ވެސް ފަހުން ހުށަހަޅާ ދަރިވަރުންނަށް މިމަހުގެ 31 ގެ ނިޔަލަށް ޖާގަ ދޫކުރަމުންދާނެ ކަމަށް ޔުނިވަސިޓީން ބުނެ އެވެ.
އަލަށް ހޮވުނު ދަރިވަރުންގެ ފުރަތަމަ ޓާމްގެ ރެޖިސްޓްރޭޝަން މިއަދު ފެށިއިރު، މިދިޔަ އާދިއްތަ ދުވަހު ވަނީ އަލަށް ހޮވުނު ހުރިހާ ދަރިވަރުންނަށް ދެ ދަންފަޅިއަކަށް ބަހާލައިގެން އޮރިއެންޓޭޝަން ބާއްވާފަ އެވެ.