01 Oct 2010, 09:33
ޓެކްނިކަލް މައްސަލައެއްގެ ސަބަބުން މިދިޔަ ހުކުރު ދުވަހު ކެންސަލްކުރި އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓު ނެގުން ފެށިގެން ކުރިއަށް އެބަދެ އެވެ. ވޯޓުލާން ފެށީ މިއަދު މެންދުރު ފަހު 2:30ން ފެށިގެނެވެ. މާލޭގައި ވޯޓުލަނީ އިމާދުއްދީން ސްކޫލްގަ އެވެ.
އެސްއެމްއެސް މެދުވެރިކޮށް ވޯޓުލަމުން ދަނިކޮށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ބޭއްވި ދާއިރާތަކުގެ އިންތިހާބު ކެންސަލްކުރުމަށް ފަހު އަލުން މިއަދު ވޯޓުލާން ފެށީ ވޯޓުފޮށި ބަހައްޓައިގެން، ކަރުދާހުގައި ފާހަގަ ޖަހައިގެނެވެ. ވޯޓުލުން މިރޭ 7:30 އާ ހަމަށް ކުރިޔަށް ގެންދާނެ އެވެ.
އެމްޑީޕީގެ ދާއިރާތަކުގެ މި އިންތިހާބަކީ މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ އިންތިހާބު ކަމަށް ވެއެވެ. މުޅި ރާއްޖޭގައި އޮންނަ މި އިންތިހާބުގައި 77 ދާއިރާއަކަށް ޖުމްލަ 455 ކެންޑިޑޭޓުން ވާދަކުރެ އެވެ.