15 Jan 2013, 00:06
މި މަހު ބަންގްލަދޭޝްގެ ޑާކާގައި ފެށުމަށް ހަމަޖެހިފައިވާ ދެވަނަ ސައުތު އޭޝިއަން ބާސްކެޓްބޯލް ޗެމްޕިއަންޝިޕް މުބާރާތުގައި ބައިވެރިވާ ގައުމީ ޓީމާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު މިއަދު ހަވީރު ބައްދަލުކުރައްވައި އެ ޓީމަށް ހިތްވަރު ދެއްވައިފި އެވެ.
މުލީއާގޭގައި ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެ އަށް ރަނގަޅު ކާމިޔާބީއެއް ހޯދައިދިނުމަށް ހުރިހާ ކުޅުންތެރިން ވެސް މަސައްކަތް ކުރުމަށް އެދިވަޑައިގެން ހިތްވަރު ދެއްވާ ކަމަށެވެ. އަދި ރާއްޖޭގައި ބާސްކެޓްބޯޅަ ކުރިއެރުވުމަށް ޓަކައި ސަރުކާރުން ވެވަޑައިގެންނެވި މިންވަރަކުން މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވި އެވެ.
ބުރާސްފަތި ދުވަހު ފައްޓާ މުބާރާތުގައި ބައިވެރިވުމަށް ގައުމީ ބާސްކެޓް ޓީމް ރާއްޖެ އިން ފުރުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު އެވެ.