މޮރިޝަސްގެ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓާ އޮފް ފިނޭންސް އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް ޒަވިއޭ ލިއުކް ޑިވާލް މިއަދު މެންދުރުފަހު ރާއްޖެ ވަޑައިގެންފި އެވެ.

މޮރިޝަސްގެ ބޮޑުވަޒީރުގެ ނާއިބަށް އިބްރާހީމް ނާސިރު އިންޓާނޭޝަނަލް އެއާޕޯޓުން މަރްޙަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުހައްމަދު ވަހީދުއްދީނާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ އިސްވެރިންނެވެ.

މޮރިޝަސްގެ ބޮޑުވަޒީރުގެ ނައިބުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.