މީޑިއާ ކައުންސިލްގެ ނައިބް ރައީސްގެ މަގާމަށް އެ ކައުންސިލްގެ މެމްބަރު ހުޝާމް މުހައްމަދު އިންތިހާބްކޮށްފި އެވެ.

ހުޝާމް އެ މަގާމަށް ހޮވާފައި ވަނީ މިއަދު އެ ކައުންސިލްގެ 11 މެމްބަރުންގެ މެދުގައި ބޭއްވި ބައްދަލުވުމުގައި ނެގި ސިއްރު ވޯޓެއްގެ އަޣުލަބިއްޔަތު އޭނާ އަށް ލިބިގެންނެވެ. އަށް ވޯޓް ލިބިވަޑައިގެން ހުޝާމަށް އެ މަގާމު ލިބިފައިވާ އިރު އޭނާއާ އެކު އެ މަގާމަށް ވާދަކުރެއްވި ދިޓީވީގެ އެޑިޓަރު މިދުހަތު އާދަމަށް ލިބިވަޑައިގަތީ ތިން ވޯޓެެވެ.

މީޑިއާ ކައުންސިލްގެ ނައިބް ރައީސްގެ މަގާމަށް އެ ކައުންސިލްގެ މެމްބަރަކު މިއަދު އިންތިހާބްކޮށްފައި މި ވަނީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ މުއާޒު އަމިއްލަ ސަބަބުތަކަކާ ހުރެެ މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެން އެ މަގާމް ހުސްވުުންނެވެ.