14 Jan 2013, 15:20
ދާރުލްއާސާރުގައި ބަހައްޓާފައި ހުރި ބުދުތަކެއް ތަޅާލައި އެތަނުގައި ހުރި ބައެއް ތަކެއްޗަށް މިދިޔަ އަހަރުގެ ފެބްރުއަރީގެ ހަތް ވަނަ ދުވަހު ބަޔަކު ގެއްލުންދީފައިވާ މަންޒަރު ދައްކުވާދޭ ވީޑިއޯއެއް އާއްމުކޮށްފި އެވެ.
ރާއްޖޭ ޓީވީގެ ހަބަރު ތެރޭގައި ރޭ ދެއްކި އެވީޑިއޯއިން ފެންނަ ގޮތުގައި ދާރުލްއާސާރުގައި ބަހައްޓާފައިވާ އެތަކެއްޗަށް ގެއްލުންދީފައިވަނީ އެތަނުގެ ތެރެއަށް ވަންނަ ތިން މީހެކެވެ.
ދާރުލްއާސާރުގައި ބަހައްޓާފައި ހުރި ބުދުތަކަކާއި އެތަނުގައި ބަހައްޓާފައި ހުރި ޝޯކޭސްތަކަށް ގެއްލުން ދިން މައްސަލާގެ ތުހުމަތުގައި ހަތަރު މީހެއްގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ވަނީ ފޮނުވާފަ އެވެ. ނަމަވެސް އެމީހުންނާ ބެހޭ އެއްވެސް ތަފްސީލެއް ފުލުހުން ދީފައެއް ނުވެ އެވެ.
https://www.youtube.com/watch?v=JAekABT27rU
އެވީޑިއޯއިން ފެންނަ ގޮތުގައި އެތަނަށް ވަންނަ އެކަކު ބޮލާ އެކު މޫނު ނިވާކޮށްގެން ހުރި އިރު ދެން ތިބި ދެ މީހުން ތިބީ ތުނބުޅި ދިގުކޮށްފަ އެވެ.