އަންނަ ބުދަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ގައުމީ ވޮލީލީގުގެ ދެ ވަނަ ޑިވިޒަންގައި ފަސް ޓީމް ބައިވެރިވެއްޖެ ކަމަށް ވޮލީ އެސޯސިއޭޝަނުން ބުނެފި އެވެ.

ވޮލީ އެސޯސިއޭޝަނުން ބުނީ، މުބާރާތުގައި ބައިވެރިވި ހަތަރު ޓީމަކީ ޔޫތު ސްޕޯޓްސް އާއި ބީޖީ ސްޕޯޓްސް އާއި ކުލަބް ވެލެންސިޔާ އާއި ޅ. ނައިފަރު ޖުވެނިއަލް އަދި ޕޮލިސް ފެމެލީ އެސޯސިއޭޝަން އެވެ.

މުބާރާތް ހުޅުވާމެޗުގައި ބުދަ ދުވެހުގެ ހަވީރު 4:00ގައި ބައްދަލުކުރާ ދެ ޓީމަކީ ޔޫތު ސްޕޯޓްސް އާއި ބިޖީ އެވެ.

މިމުބާރާތުގެ ކުޅުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ލީގު އުސޫލުން އެއްބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެއް ސެމީ ފައިނަލަށް ދަތުރު ކުރާ ގޮތަށެވެ.

މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ.