އިޓާލިއަން ސެރީއާގައި ޕާމާ އާއި ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗުން 1-1 ލަނޑުން އެއްވަރުވުމުން އެކަމުގެ ޒިންމާ ނަގާކަމުގައި ޔުވެންޓަސްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ޔުވެންޓަސް އަށް ލިބުނު ހިލޭ ޖެހުމަކުން އަންދްރޭ ޕިރްލޯ ކާމިޔާބުކޮށްދިން ލަނޑާ އެކު، އެ ޓީމް ކުރީގައި އޮއްވާ ޕާމާ އަށް އެއްވަރުކޮށްދިނީ ނިކޯލާ ސަންސޯން ޕާމާ އެވެ.

ޕާމާ އިން އެގޯލް ކާމިޔާބުކުރީ ޔުވެންޓަސްގެ މާކޯ ވުޗިނިޗް ޑަމީ އެއް ހަދަން އުޅުމުގެ ތެރޭގަ އެވެ.

ޕާމާ އިން ކާމިޔާބުކުރި ލަނޑަކީ ޔުވެންޓަސްގެ ކޯޗު އެންޓޯނިއޯ ކޮންޓޭގެ އިހުމާލުން ވަތް ލަނޑެއް ކަމަށް އޭނާ ބުނެ އެވެ. "އެ ގޯލަކީ އަހަރެންގެ ކުށަކުން ވަތް ލަނޑެއް. އެއީ ވުޗިނިޗް އަށް ބޯޅަ ލިބުމުން ޑަމީ އެއް ހަދަން ގޮވީ އަހަރެން." ކޮންޓޭ ބުންޏެވެ.

ޕާމާ އަތުން ޔުވެންޓަސް އެއްވަރުވުމާ އެކު ލީގުގެ ދެވަނާގައި އޮތް ލާޒިއޯ އާއި ދެމެދު އޮތީ ތިން ޕޮއިންޓްގެ ފަރަގެކެވެ.