14 Jan 2013, 09:43
ފަހަތުން އަރައި ބީޖީ ސްޕޯޓްސް 2-1 ލަނޑުން ބަލިކޮށް ޔޫތް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފެށުން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ރަނގަޅު ކޮށްފި އެވެ.
ދެ ޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އެމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ބީޖީއިންނެވެ. އެގޮތުން ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި ބީޖީ އަށް ލީޑް ނަގައި ދިން ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ޝަބީން އާދަމް އެވެ.
އެއް ލަނޑުގެ ލީޑަކާ އެކު ބީޖީން ފުރަތަމަ ހާފުގެ ކުޅުން ނިންމާލި ކަމުގައި ވިޔަސް، ދެ ވަނަ ހާފުގެ 60 ވަނަ މިނެޓުގައި ބީޖީގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ގޯލެއް ވަނުމުން މެޗުގެ ނަތީޖާ 1-1 ލަނޑަށް ހަމަހަމަ ވެގެން ދިޔަ އެވެ.
އިއްޔެގެ މެޗުން ނިއު މޮޅު ކޮށްދިން ލަނޑު، މެޗުގެ 90 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ އިބްރާހިމް ސުހައިލެވެ.
ޖުމުލަ 12 ޓީމު ތިން ގްރޫޕަކަށް ބަލާހައިގެން ކުޅޭ މުބާރާތުގައި މާދަމާ ހަވީރު 4:00 ޖަހާއިރު ބައްދަލުކުރާނީ ގްރޫޕް ސީގެ މަހިބަދޫ ސްޕޯޓްސް ކުލަބާއި ކުލަބް އީގަލްސް އެވެ.
މުބާރާތް ކުރިއަށް ގެންދާނީ ގްރޫޕް ސްޓޭޖުގައި ޓީމުތައް ވާދަކޮށް ނިމޭ އިރު ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމާއި، އަދި ތިން ގުރޫޕް އެއްކޮށް ތިން ވަނަ އަށް އެންމެ ގިނައިން ޕޮއިންޓު ހޯދާ ދެ ޓީމާ އެކު ޖުމްލަ އަށް ޓީމު ކުއާޓާ ފައިނަލުގައި ވާދަކުރާ ގޮތަށެވެ.