މާލެ އަށް ބަނގުރާ އެތެރެ ކުރަން އުޅުނު އިންޑިއާ މީހަކު، 12 ފުޅި ބަނގުރަލާ އެކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އުމުރުން 33 އަހަރުގެ އިންޑިއާ މީހާ ހައްޔަރުކުރީ މާލެ އަށް ބަނގުރާ އެތެރެ ކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އިއްޔެ ހަވީރު 4:00 ހާއިރު ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުލެއިން މާލެ އައި ފެރީއަކުން ފޭބި ވަގުތު ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އެ މީހާ އަޅައިގެން ހުރި ދަބަހާއި އޭނާގެ އަތުގައި އޮތް ފޮށިގަނޑު ބަލައި ފާސްކުރި އިރު 12 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.