މިނިސްޓްރީ އޮފް ހެލްތްގެ ދަށުން ހިނގަމުން އަންނަ، ސެންޓަ ފޯ ކޮމިއުނިޓީ ހެލްތް އެންޑް ޑިޒީސް ކޮންޓްރޯލް (ސީސީއެޗްޑީސީ) ރައީސުލްޖުމްހޫރިއްޔާ މިއަދު އުވާލައްވާ އެ ޔުނިޓްގެ މަސައްކަތްތައް ހެލެތް ޕްރޮޓެކްޝަން އެޖެންސީއަށް ބަދަލުކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ސީސީއެޗްޑީސީ އުވާލެއްވީ ގާނޫނު އަސާސީގެ 116 ވަނަ މާއްދާއިން ރައީސަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ. އެ އިދާރާ ރައީސް އުވާލެއްވީ އާންމު ސިއްހަތު ރައްކާތެރި ކުރުމާ ބެހޭ ގާނޫނުގެ ހަ ވަނަ މާއްދާގެ ދަށުން އުފެދިފައިވާ ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ މަސައްކަތުގެ ތެރޭގައި ސީސީއެޗްޑީސީގެ މަސައްކަތްތައް ހިމެނޭތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ސީސީއެޗްޑީސީ އަކީ ރާއްޖޭގައި އުފެދޭ ތަފާތު ބަލިތައް ދެބެގަތުމާއި ކޮންޓްރޯލް ކުރުމާއި އެކަންކަމަށް އާންމުން ހޭލުންތެރި ކުރުމަށް އެހީވެދޭ މުއައްސަސާއެކެވެ.