11 Jan 2013, 17:39
ތިން އަހަރުގެ ކުޑަ ފިރިހެން ކުއްޖަކާ މެދު ޖިންސީ އަމަލު ހިންގި ކަމަށް ތުުމަތު ކުރެވޭ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައި ވަނީ ފ.ނިލަންދޫ، އަމާޒު އިބްރާހީމް ރައޫފް، 45، ގެ މައްޗަށް ކަމަށެވެ.
މިދިޔަ މަހުގެ 20 ވަނަ ދުވަހު އޭނާގެ މައްސަލަ ޕީޖީ އަށް ފޮނުވާފައި ވަނީ މިދިޔަ އަހަރުގެތެރޭގައި ގުރުއާން ކުލާހަކަށް ކިޔަވަންދާ ތިން އަހަރުގެ ކުޑަ ފިރިހެންކުއްޖަކާ މެދު އޭނާ ޖިންސީ އަމަލު ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭތީ ކަމަށްވެސް ފުލުހުން ބުންޏެވެ.
ސަން އޮންލައިންއަށް އެނގިފައިވާ ގޮތުގައި މީގެ ކުރިންވެސް އެފަދަ މައްސަލައެއް އޭނާގެ މައްޗަށް ފެންމަތިވެ 2002 ވަނަ އަހަރު އޭނާގެ މައްޗަށް އެ މައްސަލައިގައި ވަނީ ހުކުމެއްވެސް ކޮށްފަ އެވެ.