11 Jan 2013, 14:21
ވިލާ އެއާއިން އޮޕްރޭޓްކުރާ ފުލައިމީގެ ޓިކެޓްތަކުން ވެސް ޖީއެސްޓީ ނަގަން ފެށުމުން ޓިކެޓްގެ އަގުތަކަށް ބަދަލުތަކެއް ގެނެސްފި އެވެ.
ވިލާ އެއާގެ މާކެޓިން ކޮމިއުނިކޭޝަން މެނޭޖާ އަހުމަދު ޝަރީފް މިއަދު ވިދާޅުވީ އަގަށް އާތް ހަމައެކަނި ބަދަލަކީ ޖީއެސްޓީ އަށް ޕަސެންޓް އިތުރުކުރުން ކަމަށެވެ. އަދި ވިދާޅުވީ މީގެ ކުރިން ޓިކެޓް ނެގުމަށް ހަފް ތާއެއްގެ ކުރިން ބުކިން ކުރަން ޖެހުނު ނަމަވެސް މިހާރު އެ ކަސްޓަމަރަކު ބޭނުން ވަގުތަކު ޓިކެޓް ނެގޭނެ ކަމަށެވެ.
"ހަމައެކަނި އައި ބަދަލަކީ ޖީއެސްޓީ އެޑް ކުރުމުން އަގަށް އާތްބަދަލު، އެއްވެސް ގޮތަކަށް އަގު ބޮޑު ކުރީއެއް ނޫން،" ޝަރީފް ވިދާޅުވި އެވެ.
ވިލާއެއާއިން ބުނީ ޖީއެސްޓީއާއެކު އަގަށް އައި ބަދަލުތަކާއެކު އައްޑޫއަށް މިމަހުގެ ނިޔަލަށް ފަށާފައިވާ އައްޑޫ ފެއާގެ ޓިކެޓު އަގު މިހާރު 999ރ. އަށް ބޮޑުކޮށްފައިވާ ކަމަށެވެ. އަދި މީގެކުރިން އައްޑޫ ފެއާގެ ޓިކެޓް ވިއްކާފައި ވަނީ 888ރ އަށެވެ. ބޮޑު މީހަކަށް މާލެ އާއި ގަމާ ދެމެދު ރިޓާން ޓިކެޓެއް 2،790ރ. އަށް ބޮޑުކުރި އިރު، ކުރިން ވިއްކީ 2740ރ. އަށެވެ. އަދި މާލެ އާއި ގަމާ ދެމެދު އެއްކޮޅު ޓިކެޓެއް ކުޑަ ކުއްޖަކަށް 1040ރ. އަށް ބޮޑުކުރިއިރު، ކުރިން އެ ޓިކެޓް ވިއްކާފައި ވަނީ 1020ރ. އަށެވެ. އަދި އެއް މަންޒިލަކަށް ކުޑަކުދިނަށް ދެކޮޅު ޓިކެޓެއް މިހާރު ވިއްކަނީ 2،080ރ. އަށެވެ. ނަމަވެސް ކުރިން ވިއްކީ 2،040ރ. އަށެވެ.
މާލެ އާއި މާމިގިއްޔާ މެދު ގެ ދަތުރުތަކުގައި ބޮޑު މީހަކަށް އެއްކޮޅު ޓިކެޓަށް 540ރ. އަށް ބޮޑުކޮށްފައިވާއިރު، ކުރިން ނަގާފައިވަނީ 525ރ. އެވެ. އަދި އެއް މަނަޒިލަކަށް ބޮޑު މީހެއްގެ ދެކޮޅު ޓިކެޓުގެ އަގަކީ މިހާރު 1،050ރ. އެވެ. ކުރިން ވިއްކާފައި ވަނީ 1،080ރ. އަށެވެ. އަދި ކުޑަ ކުއްޖަކަށް ކުރިން އެއްކޮޅު ޓިކެޓެއް 263ރ. އަށް ވިއްކިއިރު މިހާރު ވިއްކަނީ 270ރ. އަށެވެ. އަދި ކުރިން އެއް މަންޒިލަށް ކުޑަ ކުއްޖަކަށް ދެކޮޅު ޓިކެޓް 525ރ. އަށް ވިއްކި ނަމަވެސް މިހާރު ވިއްކަނީ 540ރ. އަށެވެ.
ދަރަވަންދޫގެ އެއްކޮޅަށް ބޮޑު މީހަކަށް 690ރ. އަށް ޓިކެޓެއް ވިއްކާއިރު ދެކޮޅު ޓިކެޓް ވިއްކަނީ 1،380ރ. އަށެވެ. އަދި ކުޑަކުއްޖެއްގެ އެއްކޮޅު ޓިކެޓް 345ރ. އަށް ވިއްކާއިރު ދެކޮޅު ޓިކެޓް ކުރިން ވިއްކީ 690ރ. އެވެ.