މިއަހަރުގެ ފުޓްބޯޅަ ސީޒަނުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ގުޅުނު، އެކުލަބުގެ ހެޑް ކޯޗު ބަލްގޭރިއާގެ ވެލިޒާ ޕޮޕޯފްގެ ފުރަތަމަ އަމާޒަކީ ކުރިއަށް އޮތް އޭއެފްސީ ކަޕުން ރަނގަޅު ނަތީޖާއެއް ނިއުއަށް ހޯދައި ދިނުން ކަމަށް އޭނާ ބުނެފި އެވެ.

މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ނިއުގެ ފުރަތަމަ ފަރިތަކުރުންތައް މިއަދު ހަވީރު، ފެށުމުގެ ކުރިން އާ ކޯޗާއި، އެސިސްޓެންޓް ކޯޗުންނާއެކު ނިއުގެ މެނޭޖްމަންޓުން މިއަދު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްމަކުން، އާ ކޯޗު ބަލްގޭރިއާގެ ވެލިޒާ ޕޮޕޯފް ބުނީ، އޭނަގެ އިރުޝާދުގެ ދަށުން މިއަހަރަކީ ނިއުއަށް ކާމިޔާބު އަހަރަކަށް ހަދައިދިނުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށާއި ހަމައެއާ އެކު އެންމެ ބޮޑު އަމާޒަކަށް ވާނީ އޭއެފްސީ ކަޕް ކަމަށް އޭނާ ބުންޏެވެ.

"އޭއެފްސީ ކަޕުން ނިއު ރަނގަޅު ހިސާބަކަށް ގެންދަން ވަރަށް މަސައްކަތް ކުރާނަން. އެއީ އަހަރެންގެ ވަރަށް ބޮޑު ޓާގެޓެއް،" ފުރަތަމަ ފަހަރަށް މީޑިއާ ކުރިމަތީ ވާހަކަ ދައްކަމުން ނިއުގެ އާ ކޯޗު ވެލިޒާ ޕޮޕޯފް ބުންޏެވެ.

އޭފްސީ ކަޕުގައި ރާއްޖޭގެ ނިއުރޭޑިއަންޓް ވާދަކުރަނީ ގްރޫޕް އެފްގަ އެވެ އެޓީމުގެ އިތުރުން އެ ގުރޫޕްގައި ހިމެނެނީ މިޔަންމާގެ ޔަންގޮން ޔުނައިޓެޑް އާއި ހޮންކޮންގްގެ ސަންރޭ ކޭވް ޖޭސީ ސުންހައި އާއި އިންޑޮނީޝިއާގެ ޕަރްސީބޯ އެވެ.

ދެ އަހަރު ދުވަހުގެ ކޮންޓުރެކްޓެއްގައި ނިއުގެ ހެޑް ކޯޗް ކަމށ ހަވާލުވި ޕޮޕޯފް އަކީ ޒުވާން ކޯޗަކަށް ވުމުން ނިއުރޭޑިއެންޓުގައި މިހާރު އޮތް ޒުވާން ބޯޑާއި މެނޭޖްމަންޓާއެކު މަސައްކަތް ކުރުމަށް ފަސޭހަވެގެން ދާނޭކަމަށް އެކުލަބުން ވަނީ ބުނެފަ އެވެ. އަދި ޕޮޕޯފް އަކީ 2002 ވަނައަހަރު ހިސާބުގައި ޕޯޓޯ ގަލަތަސަރާއީ ސްޕޯޓިން ލިޒްބަން ފަދަ ޓީމުތަކަށް ކުޅުނު ބުރެޒިލް ގައުމީޓީމުގެ ކުރީގެ މަޝްހޫރު ފޯވަޑް މާރިޔޯ ޖާޑެލް އަށްވެސް އޭނާ ވަނީ ކޯޗުކަން ކޮށްދީފަ އެވެ. އެހެން ކަމުން ރާއްޖޭގެ ފަސްޓް ޑިވިޒަން ޓީމެއްގެ ކުޅުންތެރިންނަށް މިފަދަ ތަޖުރިބާތަކެއް ކޮށްފައި ހުރި ރަނގަޅު ކޯޗަކު ލިބުމުން އޭގެ ފައިދާތައް ކުޅުންތެރިންނަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ގަބޫލު ކުރަށްވާ ކަމަށް މިއަދުގެ ނިއުސްކޮންފަރެސްގައި ވާހަކަ ދައްކަވަމުން ނިއުގެ ޗެއާމަން ބަލަކް ވެސް ވަނީ ވިދާޅުވެފަ އެވެ.

ވެލިޒާރު ޕޮޕޯފް އާއެކު އެސިސްޓެން ކޯޗުންގެ ގޮތުގައި ނިއުރޭޑިއެންޓުގެ ސީނިއާ ޓީމުގައި މަސައްކަތް ކުރާނީ ނިއުރޭޑިއެންޓްގެ ޔޫތު ޓީމުގެ ކޯޗު ކުރީގެ މަޝްހޫރު ގޯލްކީޕަރު އިގުބާލް އާއި ކުރީގެ ގައުމީޓީމުގެ މަޝްހޫރު ފޯވަޑް ތޮއްޑޫ ނިޒާމެވެ.