09 Jan 2013, 14:00
ކުޑައަންހެން ކުއްޖެއްގެ ކަރުގައިއޮތް ރަންފަށެއް ފޭރިގެން ދެމީހުންގެ ވީޑިއޯ އާންމުކޮށް އެމީހުން ހޯދުމަށް ފުލުހުން އިއުލާންކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މިއަދު އާންމުކުރި ވީޑިއޯއިން ފެންނަ ދެމީހުން ފޭރިގެންފައިވަނީ އުމުރުން 13 އަހަރުގެ އަންހެންކުއްޖެއްގެ ކަރުގައި އޮތް ރަންފަށެއް ކަމަށެވެ. އަދި އެމީހުން އެއަމަލު ހިންގާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ މެންދުރު 2:00 ޖަހާކަންހާއިރު ހެންވޭރު ތަނޑިރަތްމާގޯޅިން ސައިކަލެއްގައި ދަމުން ކަމަށެވެ.
"އަޅުގަނޑުމެންގެ އިލްތިމާސްއަކީ އެމީހުންނާ ބެހޭ މައުލޫމާތެއް ލިބިއްޖެއްޔާ ޕޮލިހުގެ ނަންބަރު 3322111 އަށް ނޫނީ ކުރިމިނަލް ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅާ ރިޕޯޓްކުރުން" މީޑިއާ އޮފިޝަލަކު ވިދާޅުވިއެވެ.
ފުލުހުން މިއަދު އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަނީ ކުޑަކުއްޖަކު ހިނގާފައިދަނިކޮށް އެކުއްޖާގެ ކުރިއަރައި ދެމީހަކު ސައިކަލްގައިގޮސްމަޑުކުރާތަނެވެ. އެކުއްޖާގެ ކަރުގައިވާ ފަށް ފޭރިގަންނަ މަންޒަރު ވީޑިއޯއިން ނުފެނުނު ނަމަވެސް އެ އަންހެން ކުއްޖާ އެ މީހުންނާ އަރާ ހަމަވަންދެން އެދެމީހުން މަގުގެ އެއްކައިރީގައި މަޑުކުރުމަށްފަހު އެކުއްޖާގެ ފަހަތުން ދާންމަންޒަރު ފެނެ އެވެ.
ފޭރިގެން މައްސަލާގައި ފުލުހުން މިއަދު ވީޑިއޯއެއް އާންމުކޮށްފައިވާއިރު ފުލުހުން ރޭވެސް ވަނީ ގެއަކަށްވަދެ ފޭރެން މަސައްކަތްކުރި މީހެއްގެ ވީޑިއޯ އާންމުކޮށްފަ އެވެ.
ލިޔުމާ ގުޅޭ ވީޑިއޯ
http://www.youtube.com/watch?v=R9-gUEtFE3Y