ބާރު ސުޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކާރެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި، ދެ ވެހިކަލަށް ބޮޑެތި ގެއްލުންތަކެއް ލިބުނު އިރު، ސައިކަލް ދުއްވަން އިން ޒުވާނާއަށް ސީރިއަސް އަނިޔާއެއް ނުވެ ސަލާމަތްވެއްޖެ އެވެ.

އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު ހަވީރު ބޮޑުތަކުރުފާނު މަގުން ދުއްވާފައި ދިޔަ ކާރަކާއި ވިލާ ކޮލެޖް ކައިރިން، ރަށްދެބައިހިނގުމުން ބޮޑު ތަކުރުފާނު މަގަށް ބާރު ސްޕީޑެއްގައި ނުކުތް ސައިކަލެއް ޖެހިގެންނެވެ. އެ އެކްސިޑެންޓުގައި ކާރުގެ ބޮނެޓާއި ކަނައަތްފަރާތުގެ ވިންގުގެ ބޮޑު ބައި ވަނީ ހަލާކުވެފައިވެފަ އެވެ. އަދި އެކްސިޑެންޓުގައި ސައިކަލުގެ ކަވަރު ފުނޑިފައިވާއިރު، ސައިކަލުގެ ވަށިގަނޑާއި މަޑިއާއި އެކި ބައިތައް ވަނީ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފަ އެވެ.

ނުރައްކާތެރި އެ އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ނުލިބި ކުދި ހާނިކަތައް ވެފައި ވަނީ އުމުރުން 24 އަހަރުގެ ޒުވާނަކަށް ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. އަދި އެ އެކްސިޑެންޓްގައި އޭނާގެ ފައިގެ އިނގިލިތަކުގެ މަށައިގެން ގޮސްފައިވާއިރުގެ އަތުގެ އުޅަބޮށިން ވެސް ވަނީ މަށައިގެން ކޮށްފަ އެވެ. މިހާރު އޭނާއަށް ދަނީ އައިޖީއެމްއެޗްގެ އެމެޖެންސީ ރޫމްގައި ފަރުވާދެމުންނެވެ.