08 Jan 2013, 13:18
އަންހެން ކުއްޖަކާ އެކު ބަދުއަޚުލާގީ އަމަލު ހިންގުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގައި ހުންނެވި، އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) 45، ގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.
ހޯރައިއްބެގެ މައްޗަށް ދައުވާ ކުރަން ފޮނުވީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އޭނާގެ މައްސަލަ ޕީޖީއަށް ފޮނުވުއިރު، އޭނާ މިހާރު ހުރީ ގޭބަންދުގަ އެވެ.
މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ ހޯރައިއްބެ ހައްޔަރުކޮށްފައި ވަނީ އޮލިމްޕަސް ކުރިމަތީ އޮންނަ ގޯޅިތެރޭގައި ހުންނަ ގ. މާވަސްގޭގެ ކޮޓަރި އެއްގެ ތެރޭގައި 17 އަހަރުގެ އަންހެން ކުއްޖަކާ އެކު ބަރަހަނާކޮށް އޮއްވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާއާ އެކު އެ އަންހެން ކުއްޖާ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.