އެކި ދުވަސްމަތިން ކުޑަ ކުއްޖަކާ ގަދަކަމުން ޖިންސީ ގުޅުން ހިންގި މީހެއްގެ މައްސަލަ ޕީޖީ އަށް ފޮނުވައިފި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 17 ވަނަ ދުވަހު ޕީޖީއަށް ފޮނުވި އެ މައްސަލައިގައި ދައުވާ ކުރަނީ ސ.ފޭދޫ، ޝަބްނަމްގެ މުހައްމަދު ޒިހުނީ 35، ގެ މައްޗަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ދައުވާ ކުރާ މީހަކީ ކުޑަ ކުއްޖާގެ ބައްޕަ އެވެ.

ފުލުހުން ބުނީ މުހައްމަދު ޒިހުނީގެ މައްޗަށް ދަޢުވާ ކުރަން ފޮނުވީ 16 އަހަރުގެ އަންހެން ކުއްޖަކާ، އެކި ދުވަސްމަތިން ގަދަކަމުން ބަދުއަޚްލާޤީ އަމަލު ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ.

ކުޑަކުއްޖަކާ ގަދަކަމުން ބަދުއަޚްލާގީ އަމަލު ހިންގި މައްސަލައެއްގައި ދައުވާ ކުރަން ފޮނުވިއިރު، އުމުރުން 50 އަހަރުގެ ބައްޕައަކު އޭނާގެ ދެ އަންހެން ދަރިންނާ، ގަދަކަމުން ޖިންސީ ގުޅުން ހިންގި މައްސަލައެއްގައި 24 އަހަރަށް ޖަލަށް ލުމަށް ނ. ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ވަނީ ހުކުމް ކޮށްފަ އެވެ.

ފަހަކަށް އައިސް ބަދުއަޚްލާގީ މައްސަލަތައް ފެންމަތިވަމުންދާއިރު، ގިނަ ފަހަރަށް އެކުދިންނާ ގަދަކަމުން ޖިންސީ ގުޅުން ހިންގާފައިވަނީ އާއިލީ ގޮތުން ކުދިންނާ ގާތް ގުޅުމެއް އޮންނަ ފަރާތްތަކުންނެވެ.