08 Jan 2013, 09:00
ރ. އުނގޫފާރުން ފުރައިގެން އެ އަތޮޅު ފަޅުރަށަކަށް އަކިރި ނަގަން އިއްޔެ ދިޔަ ދެ މީހެއްގެ ހަބަރެއް ނުވެގެންހޯދަމުން ދަނިކޮށް އެދެ މީހުން މިއަދު އެރަށަށް ގޮސްފި އެވެ.
އެ އަތޮޅު ކަނޑޫގަނޑު ކިޔާ ފަޅުރަށަކަށް ދިޔަފަހުން ހަބަރެއް ނުވެގެން ހޯދަމުން ދިޔައީ އުނގޫފާރު ގުރެސަސްގޭ އަބުދުލް ޝަކޫރު ޔޫސުފް 56، އާއި ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަންވަރު 30، އެވެ. ފުލުހުން ބުނީ އެދެމީހުން ހޯދުމުގެ މަސައްކަތް އިއްޔެ ހަވީރު 5:00 ކުން ފެށިގެން ފުލުހުންނާއި އާންމު ރައްޔިތުން ކުރަމުން ދަނިކޮށް އެދެ މީހުން ދަތުރުކުރި ދޯނީގައި އެދެމީހުންވެސް މިއަދު ހެނދުނު 7:15 އެހާކަން ހާއިރު އަނބުރާ އުނގޫފާރަށް ގޮސްފައިވާ ކަމަށެވެ.
އެ ދެމީހުން ގެއްލިގެން ރިޕޯޓް ކުރީ އެ މީހުން ދިޔަ ފަޅުރަށްވެސް ބެލުމަށް ފަހު އެ ރަށުގައިވެސް އެމީހުން ނެތް ކަމަށް އާއިލާއިން ބުނާތީ ކަމަށްވެސް އުނގޫފާރު ކައުންސިލުން ރޭ ވަނީ ބުނެފަ އެވެ. އެދެ މީހުން ދަތުރުކުރީ 12 ރިޔަނުގެ އައުޓުބޯޑް އިންޖީނުލީ ދޯންޏެއްގައި ކަމަށްވެސް ރޭ ކައުންސިލުން ވަނީ ބުނެފަ އެވެ.