ހުޅުލެއަށް ދަތުރުކުރާ ފެރީއަކުން ދެ ފޫޓުގެ ދިގުމިން ހުންނަ ވަރުގެ ފެނު ހަރުފައެއް މިއަދު ފެނިއްޖެ އެވެ.

އެ ސަރަހައްދުގައި ހުރި މީހަކު ބުނީ އެ ހަރުފަ ފެނުނުއިރު އޮތީ ފެރީއެއްގެ ފަލުކާ މަތީގައި ކަމަށާއި އެ ހަރުފަ އޮތީ މަރުވެފައި ކަމަށެވެ. ނަމަވެސް އެ ހަރުފަ އެތަނަށް އައި ގޮތެއް އޭނާ އަށް ވެސް ނޭނގޭ ކަމަށް ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ހުޅުލޭ ފެރީ ސަރަހައްދުން މިއަދު ފެނިގެން ރިޕޯޓް ކުރި އެހަރުފައަށް އޮތީ ކޮންމެވެސް ވަރަކަށް އަނިޔާކޮށްފައި ކަމަށާއި އޭތި އެސަރަހައްދުން ފެނުނު ގޮތް ބަލަމުން އަންނަ ކަމަށެވެ. އަދި އެ ހަރުފަ މިހާރު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"ފެނު ހަރުފައެއް އެ އެއްޗަކީ، ދިގު މިނުގައި ދެ ފޫޓުގެ އެ ހަރުފައަށް ލިބިފައިވާ އަނިޔާތަކާ ގުޅިގެން އޭތި ވަނީ ވަރަށް ބޮޑަށް ބަލިވެފަ،" ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

އެސަރަހައްދުން މިއަދު ފެނުނު އެ ފެނު ހަރުފައަކީ ރާއްޖޭން އާންމުކޮށް ފެންނަ ބާވަތުގެ އެއްޗެއް ނޫނެވެ. އަދި އެއީ ހިމާޔަތް ކުރެވިފައިވާ ބާވަތުގެ އެއްޗެއް ވެސް ނޫނެވެ.