Last Updated: 1 decade 3 year ago
ބުލޮގު ޚުލާސާ
*** މާލޭ އިރުމަތިފަރާތު ރާޅުގަނޑާ ދިމާލު ފަރަށް ކާގޯ ބޯޓެއް އަރައިފި އެވެ. އެ ބޯޓަކީ ލަންކާއިން މުދާ ހިފައިގެން އައި ބޯޓެއް ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. އެ ބޯޓު އުރެން ދިމާވީ ބޯޓު އަނބުރާލަން އުޅުމުގެ ތެރޭގައި ކަމަށް މަންޒަރުދުށް މީހުން ބުންޏެވެ. އެ ބޯޓާ ގުޅޭ އިތުރު ތަފްސީލެއް ނުލިބެ އެވެ. އެ ބޯޓުގައި ގިނަ އަދަދަކަށް މުދާ ކޮންޓެއިނަރުތައް ހުރިއިރު ދެ ޓަގްގެ އެހީގައި ބޯޓު ފުންކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
އެ ސަރަހައްދުގައި ތިބި އެމްއެންޑީއެފްގެ އޮފިޝަލުން ވިދާޅުވީ ބޯޓު ފަރަށް އެރީ ހުޅުލެއާ ދިމާލުން ގާދޫ ކޮލުން ވަދެގެން އައިސް އަނބުރާލަން އުޅުމުގެ ތެރޭގައި ދިރުބާކޮޅު ފަރަށް އަރައިގެން ކަމަށް.
އެ ސަރަހައްދުގައި ތިއްބެވި ޓްރާންސްޕޯޓް އޮތޯރިޓީގެ ބޭފުޅުން ވިދާޅުވީ ފަރަށް ގެއްލުމެއް ލިބިފައިވާނަމަ ގެއްލުމެއް ލިބިފައިވާ ސަރަހައްދެއްގެ ކޮންމެ އަކަމީޓަރަކަށް 85000ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް.