07 Jan 2013, 15:49
ވުލްވަހެމްޓަން ވޮންޑަރާސްގެ ކޯޗުކަމުގެ މަގާމަށް ޑޮންކާސްޓާ ރޯވާސްގެ ކޯޗު ޑީން ނިކޮލަސް ސައުންޑާސް 48، އެޓީމުން މިއަދު ހަމަޖައްސައިފި އެވެ.
ވުލްވްސްގެ ކޯޗުކަމާއި ހަވާލުވިތާ ހަ މަސްދުވަސް ފަހުން އެޓީމުގެ ކުރީގެ ކޯޗު ނޯވޭގެ ސްޓޭލް ސޮލްބަކަން ވަޒީފާއިން ވަކިކޮށްފައި އިނގިރޭސި އެފްއޭކަޕުގެ ތިންވަނަ ބުރުގައި އެޓީމު ނޮންލީގު ކުލަބެއް ކަމަށްވާ ލިޔުޓަން ޓައުން އަތުން ބަލިވި މެޗަށް ފަހުއެވެ.
ސައުންޑާސް އަކީ އަހަރު ދުވަހުގެ ތެރޭގައި ވުލްވްސްއަށް ހަމަޖެއްސި ހަތަރުވަނަ ކޯޗެވެ. ކުރިން އެޓީމުގެ ކޯޗުކަމުގައި ހުރި މިކް މެކާތީ ދިއުމުން އެޓީމުގެ ކޯޗުކަމާ ހަވާލުވީ ޓެރީ ކޮނާ އެވެ. އަދި އޭނާއަށްފަހު ސްޓޭލް ސޮލްބަކަން އެވެ.
ޑޮންކާސްޓާގެ ޗީފް އެގްޒެކެޓިވް ގާވިން ބޮލްޑްވިން ބުނީ "އަހަރުމެން ޔަގީން ކޮށްދެން ޑީން ސައުންޑާސް ވުލްވްސްގެ ކޯޗުކަމާ ހަވާލުވާން އެއްބަސްވި ކަން...އަހަރުމެން އެއްބަސް ވެފައިވާނީ ޑޮންކާސްޓާ ރޯވާސް އަށްވެސް ފައިދާ ހުރި ޑީލްތަކެއްގެ މަޗަށް" ކަމަށެވެ.