ސްޕެނިސް ލީގުގައި ބާސެލޯނާއިން ދަމަހައްޓަމުން އަންނަ ލީޑް އަނެއް ކާވެސް ފުޅާކޮށް ތާވަލްގެ އެއްވަނަ މަގާމްގައި އެޓީމް ހަމަޖެހިލައިފި އެވެ.

ލީގުގައި ބާސާ ދަމަހައްޓަމުން އަންނަ ލީޑް އެޓީމުން ފުޅާކުރީ ރޭ އެޓީމުގެ އަމިއްލަދަނޑުގައި އެސްޕަންޔޯލްއާ ދެކޮޅަށް ކުޅުނު މެޗް 4-0 ލަނޑުން ކާމިޔާބު ކޮށްގެންނެވެ.

ރޭގެ މެޗުގައި ބާސާގެ ފުރަތަމަ ލަނޑު ޖަހާ އެޓީމަށް ލީޑް ނަގައި ދިނީ ސްޕެއިންގެ މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް އެވެ. މެޗުގެ ފުރަތަމަ ލަނޑު ބާސާއިން ޖެހިތާ މާކަ ގިނައިރު ތަކެއް ނުވަނީ އެޓީމުގެ ދެ ވަނަ ލަނޑާއި ތިން ވަނަ ލަނޑު މެޗުގެ ފުރަތަމަ ހާފުގައި ކާމިޔާބު ކޮށްދިނީ ޕެޑްރޯ ރޮޑްރިގޭޒް އެވެ.

ރޭގެ މެޗުގައި ބާސާގެ ހަތަރު ވަނަ ލަނޑު ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީ އަކުން އެޓީމަށް ކާމިޔާބު ކޮށްދިނީ ހުނަރުވެރި ފޯވާޑް ލިއޮނަލް މެސީ އެވެ.

ރޭގެ މޮޅާއެކު ލީގް ތާވަލްގެ އެއްވަނަ މަގާމްގައި ބާސާ އޮތީ 52 ޕޮއިންޓާއެކުއެވެ. ތާވަލްގެ ދެވަނަ މަގާމްގައި އޮތީ ރޭ ލީގުގައި މަޔޯކާއާ ދެކޮޅަށް ކުޅެ 1-1 ލަނޑުން އެއްވަރުވި އެތުލެޓިކޯ މެޑްރިޑެވެ. އެގޮތުން އެތިލެޓިކޯ ދެވަނަ މަގާމްގައި 41 ޕޮއިންޓާއެކު އޮތް އިރު، ބާސާއާ ދެމެދު 11 ޕޮއިންޓުގެ ބޮޑު ފަރަގެއް އެބައޮތެވެ. އަދި ލީގުގެ ތިން ވަނަ މަގާމްގައި 36 ޕޮއިންޓާއެކު އޮތީ ރޭ ރެއާލް ސޮސެއިޑާޑް އަތުން 4- 3 އިން މޮޅުވި ރެއާލް މެޑްރިޑެވެ.