07 Jan 2013, 14:05
ފ. ނިލަންދޫގައި ހަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖައިފި އެވެ.
ފުލުހުން ބުނީ އުމުރުން ހަ އަހަރުގެ ކުއްޖާއާމެދު ގަދަކަމުން ބަދުއަޚްލާގީ ޢަމަލު ހިންގުމުގެ ކުށުގައި އުމުރުން 49 އަހަރުގެ މީހަކު މިމަހުގެ ދެ ވަނަ ދުވަހުގެ ހަވީރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރު ކޮށްފައި ވަނީ އާންމު ފަރާތަކުން ދިން މައުލޫމާތަކާ ގުޅިގެން ފުލުހުން އެތަނަށް ދިޔައިރު އެ އަމަލު ހިންގަމުން ދަނިކޮށް ކަމަށް ފުލުހުން ބުނެ އެވެ.
އެ މައްސަލައާއި ގުޅިގެން އޭނާގެ ބަންދުގެ މުއްދަތު 15 ދުވަހަށް ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން ވަނީވަނީ އިތުރުކޮށްދީފަ އެވެ.
ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި އެއްޖިންސުން އެ ކުދިންނާ ގަދަކަމުން ބަދުއަޚްލާގީ އަމަލު ހިންގުމުގެ މައްސަލަތަކެއް ދަނީ ފެންމަތިވަމުންނެވެ.