07 Jan 2013, 11:36
އުފަން ދެ ދަރިންނާ ގަދަކަމުން ޖިންސީގޯނާ ކުރި ބައްޕަޔަކު 24 އަހަރަށް ޖަލަށް ލުމަށް ނ. ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި އެވެ.
އެ ކޯޓުން 24 އަހަރަށް ޖަލަށް ލުމަށް އިއްޔެ ހުކުމް ކޮށްފައިވަނީ އެ އަތޮޅު މާޅެންދޫ ރިއުޝާންހައުސް، އާދަމް އަލީ 50، އެވެ.
އާދަމް އަލީގެ މައްޗަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ އޭނަގެ 17 އަހަރާއި 13 އަހަރުގެ އަންހެން ދެ ދަރިންނާ ގަދަކަމުން ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން ނެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 17 ވަނަ ދުވަހު އެވެ.
އުފަން ދެ ދަރިންނާ ގަދަކަމުން ޖިންސީގޯނާ ކުރި މައްސަލަ އާއި ގުޅިގެން ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާމީހުންނާ މެދު ޚާއްސަ އުސޫލަކުން އަމަލު ކުރުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން އާއިލީ މެމްބަރަކާއިއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގައި 24 އަހަރަށް ޖަލަށް ލުމަށެވެ.
އެ މައްސަލައިގެ ތަޙުޤީޤު ނިންމާ ޕީޖީ އޮފީހަށް ފުލުހުން ފޮނުވާފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު 12 ވަނަދުވަހުއެވެ.