އިނގިރޭސި އެފްއޭ ކަޕުގެ ހަތަރުވަނަ ބުރުގެ ގުރުލުން ބާއްވައިފި އެވެ. އެގޮތުން އެންމެފަހުގެ ޗެމްޕިއަން ޗެލްސީ ފުޓްބޯލް ކުލަބަށް މިބުރުގައި ބައްދަލުކުރަން ޖެހޭނީ މިމަހުގެ ތޭރަވަނަ ދުވަހު ލީގު ވަންގެ ބްރެންޓްފޯޑާއި ލީގު ޓޫގެ ސައުތުއެންޑް ކުޅޭ މެޗުން މޮޅުވާ ޓީމަކާއެވެ.

ވުލްވްސް ބަލިކުރުމަށްފަހު ހަތަރުވަނަ ބުރުން ޖާގަހޯދި ނޮންލީގު ޓީމެއް ކަމަށްވާ ލިޔުޓަން ޓައުންއަށް މިބުރުގައި ވާދަކުރަން ޖެހެނީ ޕްރިމިއާ ލީގުގެ ނޯވިޗް ސިޓީއާ އެވެ. އަދި ލިޔުޓަންއާ އެކު ބްލޫސްކުއާ ޕްރިމިއާގައި ވާދަކުރާ މެކަލްސްފީލްޑް ބައްދަލު ކުރަންޖެހޭނީ ޕްރިމިއާ ލީގުގެ ވިގަންއާއި ބޯނީމައުތު ތިންވަނަ ބުރުގެ ރިޕްލޭގައި ވާދަކޮށް މޮޅުވާ ޓީމަކާއެވެ.

އެފްއޭކަޕް ހަތްފަހުމަތިން ކާމިޔާބުކޮށްފައިވާ އެސްޓަން ވިލާ ޗެންޕިއަންޝިޕްގެ ލިލަބެއް ކަމަށްވާ މިލްވޯލްއާ ވާދަކުރަން ޖެހޭއިރު ކުރިސްޓަލް ޕެލަސްއާއި ވާދަކުރާނީ ސްޓޯކް ނުވަތަ މެންޗެސްޓާ ސިޓީއެވެ. އަދި ލިވަޕޫލް އާއި ވާދަކުރާނީ އޯލްޑްހޭމް އެވެ.

ޕްރިމިއާލީގު ލީޑަރު މެންޗެސްޓާ ޔުނައިޓެޑާއި ވެސްޓްހޭމް ޔުނައިޓެޑް ތިންވަނަ ބުރުގެ ރިޕްލޭގައި ވާދަކޮށް މޮޅުވާ ޓީމަކާ ވާދަކުރާނީ ފުލަމް ނުވަތަ ބްލެކްޕޫލް އެވެ. އަދި އާސެނަލްއާއި ސުވާންސީ ކުޅޭ ރިޕްލޭއިން މޮޅުވާޓީމެއް ބައްދަލުކުރަން ޖެހޭނީ ބްރައިޓަން އާއެވެ.

އެފްއޭކަޕް ހަތަރުވަނަ ބުރުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހަފުތާ ބަންދާ ދިމާކޮށް ޖެނުއަރީ 26 އަދި 27 ގައެވެ.

އެފްއޭކަޕް ހަތަރުވަނަ ބުރުގެ ގުރު:

ނޯވިޗް – ލިޔުޓްން ޓައުން
އޯލްޑްހެމް އެތްލެޓިކް – ލިވަޕޫލް
މެކަލްސްފީލްޑް ޓައުން – ވިގަން/ބޯނީމައުތު
ޑާބީ ކައުންޓީ – ބުލެކްބާން ރޯވާޒް
ހުލްސިޓީ/ލޭޓަން އޮރިއެންޓް – ބާންސްލީ
މިޑްލްސްބަރާ – އެލްޑާޝޮޓް ޓައުން
މިލްވޯލް – އެސްޓަންވީލާ
ލީޑްސް ޔުނައިޓެޑް/ބާމިންގްހަމް ސިޓީ – ޓޮޓެންހަމް
ބްރައިޓން – ސުވާންސީ/އާސެނަލް
ކްރިސްޓަލް ޕެލަސް/ސްޓޯކް – މެންޗެސްޓާ ސިޓީ
ވެސްޓްހޭމް/މެންޗެސްޓާ ޔުނައިޓެޑް – ފުލަމް/ބްލެކްޕޫލް
ސައުތުއެންޑް ޔުނައިޓެޑް/ބްރެންޓްފޯޑް – ޗެލްސީ
ރެޑިން – ޝެފީލްޑް ޔުނައިޓެޑް
ހަޑާސްފީލްޑް ޓައުން – ލެއިސެސްޓާ ސިޓީ
އިޔުޕީއާރު/ވެސްޓް ބްރޮމް – ޝެފީލްޑް ވެނިސްޑޭ/ އެމްކޭ ޑޮންސް
ބޮލްޓަން/ސަންޑަލޭންޑް – ޗެލްޓެންހަމް/އެވަޓަން