Last Updated: 1 decade 3 year ago
ބޮޑު ކަންނެލި ޕްރޮސެސް ކުރާ އެތަނުގައި ރޯވެފައިވާ އަލިފާންގަނޑު ނިންވާލުމަށް ފުލުހުން އަންނަނީ މަސައްކަތްކުރަމުންނެވެ. ފުލުހުން ބުނެފައިވަނީ އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބުނުކަން އަދި ޔަގީން ނުވާ ކަމަށެވެ. މިއަދު ހެނދުނު 10:43 އެހާކަންހާއިރު ރޯވި އަލިފާންގަނޑު މުޅި ފެކްޓަރީއަށް ފެތުރި ކޮންޓްރޯލް ނުކުރެވޭ ވަރަށް އަނދަމުންދާ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް ޝާން އިބްރާހިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ އަލިފާންރޯވީ ޑީސަލް ތަކެއްގައި ރޯވެގެން ކަމަށް ބެލެވޭ ކަމަށާއި މަސްފެކްޓްރީ ހުރީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ކަމަށެވެ. އަލިފާން ރޯވެފައިވާ މަސްފެކްޓްރީ ހުރީ އެރަށުގެ ހިއްކި ބިމުގެ ސަރަހައްދުގަ އެވެ.
(ތަފްސީލް އަންނަނީ)
ކ.ހިންމަފުށީ ހިއްކި ބިމުގައި ހުންނަ މަސްފެކްޓަރީއެއްގައި މިއަދު ހެނދުނު އަލިފާންރޯވެ، އެތަން ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެއްޖެ އެވެ.
އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފަ އެއް ނުވެ އެވެ.
ހިންމަފުށީގައި ހުންނަ މޯލްޑިވްސް ކޮލިޓީ ސީ ފުޑް ފެކްޓްރީގައި ރޯވިކަން އެނގިފައިވަނީ މިއަދު ހެނދުނު 10:43ހާއިރު ކަމަށް ހިންމަފުށީ ކައުންސިލްގެ ރައީސް ޝާން އިބްރާހިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފެކްޓްރީގައި އަލިފާން ރޯވި ކަމަށް މިހާތަނަށް ބެލެވިފައި ވަނީ ޑީސަލް ހަން ތަކެއްގައި ރޯވެގެން ކަމަށެވެ.
ޝާން ވިދާޅުވީ އެމްއެންޑީއެފުން އެރަށަށް ދެވުނީ އަލިފާން ރޯވިތާ ގަޑިއެއްގެ އިރުފަހުން ކަމަށެވެ. އަދި އޭގެ ކުރިން ފުލުހުންނާ އެރަށުގެ ރައްޔިތުންގެ އިތުރުން އެރަށް ކައިރީ އޮންނަ "ގިލިލަންކަން" ރިސޯޓުގައި ބޭނުންކުރާ ޕަމްޕުތަކާ މުވައްޒަފުން އަލިފާން ނިއްވާލުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ.
މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ހުންނަ އެ ފެކްޓްރީ ގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވަނީ މިއަދު މެންދުރު 1:00 ޖަހާންހާއިރު އެވެ. އަދި އޭރު ފެކްޓްރީ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފަ އެވެ.