05 Jan 2013, 13:44
ލަންޑަން (5 ޖެނުއަރީ) – ބެލްޖިއަމްގެ ސްޓޭންޑަޑް ލީޖް އަށް ކުޅޭ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ޑިފެންޑަރު ޒެކީ ފްރަޔާސް، 20، އިނގިރޭސި ލީގުގެ ޓޮޓްންހަމް ހޮޓްސްޕާއާ ގުޅުމުން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗް ސާ އެލެކްސް ފާގަސަން އެކަމާ ވަރަށް ބޮޑަށް ރުޅިގަދަވެ ފާޑުކިޔައިފި އެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ޔޫތު އެކަޑަމީން އުފެއްދި ޒުވާން ޑިފެންޑަރު ޔުނައިޓެޑަށް އެންމެ ހައެއްކަ މެޗު ކުޅެފައިވާ އިރު ފްރެޔާސް އާއި ޔުނައިޓެޑާ ދެމެދު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ވަނީ ހުސްވި ސީޒަންގެ ނިޔަލަށް ހަމަވެފަ އެވެ. އަދި އޭރު ފްރެޔާސް ވަނީ ޓޮޓެންހަމް އާއި ގުޅުމަށް މަސައްކަތް ކޮށްފަ އެވެ. އެހެން ނަމަވެސް އޭރު ޔުނައިޓެޑާއި ސްޕާސްއާއި ދެމެދު އޭނާގެ ހަ މިލިއަން ޕައުންޑުގެ ކޮމްޕެންސެއިޝަން ޕެކޭޖާ މެދު ގޮތެއް ނުނިމުމުން ހުސްވި އަހަރުގެ އޯގަސްޓުގައި ކުޑަފީއަކަށް ފްރެޔާސް ބަދަލުވީ ސްޓެންޑަޑް ލީޖް އަށެވެ.
ރިޕޯޓުތައް ބުނާގޮތުން މެންޗެސްޓާ އަށް އުފަން ފްރެޔާސް މިހާރު ޓޮޓެންހަމް އަށް ބަދަލުވެފައި ވަނީ ތިން މިލިޔަން ޕައުންޑުގެ ކުޑަ ފީއަކަށެވެ.
ފާގަސަން ދެކޭގޮތުގައި ފްރެޔާސްގެ ޓްރާންފާގައި ޓޮޓްންހަމް އިން ގަވާއިދާ ޚިލާފުވެފައި ނެތް ކަމުގައި ވިޔަސް އެކަމުގައި ވަރަށް ބޮޑު އޮޅުވާލުންތަކެއް ހިމެނެ އެވެ. އަދި ޔުނައިޓެޑަށް އެކަމުން މާލީ ގެއްންތަކެއް ވެފައިވާކަމަށް ވެސް އޭނާ ބުންޏެވެ.
"ކޮންމެ ސަބަބަކާހުރެ ނަމަވެސް ޓޮޓެހަމްފަދަ ބޮޑު ޓީމެއް މިފަދަ ދަރަޖައަކަށް ވެއްޓުނީތީ އަހަރެން ވަރަށްބޮޑަށް މާޔޫސް ވެއްޖެ. މިއީ ފާޅުކަން ބޮޑުގޮތެއްގައި އެމީހުން ކޮށްފައިވާކަމެއް... މިކަމުގައި އަހަރެމެންނަށް ކުރެވޭނެ މާބޮޑު ކަމެއް ނެތް. އެކަމަކު އަހަރުމެން މި މައްސަލަ ހުށަހެޅުމުން ލީގުން ޖެހޭ އެކަން ރަނގަޅަށް ބަލައި ތަހުގީގުކޮށް ނިމެންދެން އެ ޓްރާންސްފާ ހުއްޓުވަން،" މެން ޔުނައިޓެޑް ޓީވީގައި ވާހަކަ ދައްކަމުން ފާގަސަން ބުންޏެވެ.
ފާގަސަންގެ އެ ވާހަކާ ބެހޭގޮތުން ސްޕާސް އިން ބުނީ ފްރެޔާސްގެ ޓްރާންސްފާ ގައި އެޓީމުން އެއްވެސް އޮޅުވާލުމެއް އަދި ގޯސްކޮށް ވެސް ކަމެއް ކޮށްފައި ނޯންނާނެ ކަމަށެވެ.
"ސަމާ ޓްރާންފާއަށް ޒެކީ ފްރެޔާސް ޔުނައިޓެޑާއި އެކު ހަދާފައިވާ އެއްބަވުމުގެ މުއްދަތު ހަމަވޭ. އަހަރުމެން އޭރުވެސް ވަރަށް މަސައްކަތް ކުރިން އޭނާ ގެންނަން. އެކަމަކު ޔުނައިޓެޑާއި އެކު އޭރު އެއްބަސްވުމަކަށް ނާދެވުމުން ފްރެޔާސް އިހުތިޔާރު ކުރީ ލީޖް އަށް ބަދަލުވާން" ކުލަބުގެ ތަރުޖަމާނު ބުންޏެވެ.
ނޮވެމްބަރު މަހު ސްޓޭންޑަޑް ލީޖް އިން އެމީހުންގެ ކޯޗު ފޮނުވާލުމަށްފަހު އަލަށް ގެނައި ކޯޗުގެ ޕްލޭންގައި ފްރެޔާސްއަށް މާބޮޑު އަހަންމިއްޔަތުކަމެއް ދީފައެއް ނުވޭ.
"އަދި ހަމަ އެއާއެކު އޭނާއަށް އާއިލާއާ ދުރުގައި ހުންނަން ދަތިމުވާއި މިފަދަ ސަބަބު ތަކަކާހެދި އޭނާގެ އޭޖެންޓުން ބެލީ އިންގްލެންޑަށް އޭނާ އަނބުރާ ގެނައުމަށް އަދި އެގޮތުން މިޓީމާ އެމީހުން ގުޅީ. އެގޮތުން އަހަރުމެންނަށް އޭނާ މިޓީމަށް ގެނައުމަށް ދެވަނަ ފުރުސަތެއް ލިބުނީ. ދެން ފީފާގެ ސޮލިޑަރިޓީ ކޮންޓްރިބިއުޝަން މެކޭނިޒަމްގެ ދަށުން ޔުނައިޓެޑަށް ލިބޭނެ އޭނާގެ ޓްރާންސްފާ ފީގެ ފަސްޕަސެންޓް،" ސްޕާސްގެ ތަރުޖަމާނު ތަފުސީލު ކޮށްދި ނެވެ.