ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، ނައިފަރަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފަށްޓަވައިފި އެވެ.


ރައީސް އޮފީހުން ބުނީ ރައީސްގެ ދަތުރުފުޅުގައި އަތްފޯރާ އަގުތަކުގައި ބޯ ހިޔާވަހިކަން ނައިފަރުގައި ފޯރުކޮށްދިނުމުގެ މަޝްރޫގެ ބައިތައް ކޮންޓްރެކްޓަރުންނާ ހާވާލުކޮށްދެއްވައި އޭގެ ދަށުން އަޅަން ހަމަޖައްސާފައިވާ 25 ރޯ ހައުސް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ރައީސްގެ ދަތުރުފުޅުގައި ނައިފަރު މަސްވެރިންނާއި ނައިފަރުގައި އުފެދިފައިވާ ކްލަބް ޖަމިއްޔާތަކުގެ ވެރިންނާ ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.
މާދަމާ ރައީސް އެނބުރި މާލެ ވަޑައިގަތުމުގެ ކުރިން ނައިފަރަށް ހާއްސަ މަޝްރޫއުތަކާ ގުޅޭ މައުލޫމާތުތައް ހާމަކުރުމަށް އެ ރަށުގައި މިރޭ ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ ޒުވާނުންގެ ގޮތްޕަކާއި، އަންހެނުންގެ ގޮތްޕަކާއި، މަސްވެރިންގެ ގޮތްޕެއް އިފްތިތާހު ކޮށްދެއްވާ ގޮތަށް ވެސް ވަނީ ހަމަޖައްސާފަ އެވެ.