03 Jan 2013, 11:22
ޕެރިސް ސެއިންޓް ޖާމެން (ޕީއެސްޖީ) އާއި އަލަށް ގުޅުނު ބްރެޒިލްގެ ޒުވާން މިޑްފީލްޑަރު ލޫކަސް މޯރާ، އެކުލަބް އިތުރަށް ވަރުގަދަކޮށްދޭނެ ކަމަށް ޕީއެސްޖީގެ ސްވިޑަން ފޯވާޑް ޒްލަޓަން އިބްރަހިމޮވިޗް ބުނެފި އެވެ.
ގިނަ ހަރަދުތަކެއް ކުރަމުންދާ ފްރާންސްގެ ކްލަބު ޕީއެސްޖީ އިން މޯރާގެ ސޮއި މިސީޒަން ފެށުމުގެ ކުރިން ހޯދި ނަމަވެސް އޭނާ އެޓީމާއި ގުޅުނީ މިމަހު އެވެ. މިމަހު މޯރާ ޕީއެސްޖީ އާއި ގުޅުނީ ކުރިން ސައޮ ޕައޮލޯއާއެކު ހަދާފައިވާ އެއްބަސްވުމާއި އެއްގޮތަށެވެ.
"މޯރާ ޓީމާއި ގުޅުމާއެކު ޕީއެސްޖީގެ ފެންވަރު އިތުރަށް ރަނގަޅު ވެގެންދާނެ. އަދި އެޓޭކް ވެސް އިތުރަށް ވަރުގަދަ ވެގެންދާނެ. މޯރާ ގުޅުމުން ޓީމު ވެސް އިތުރަށް ރަނގަޅު ވާނެ. ފުރަތަމަ ދެދުވަހުގެ ފަރިތަކުރުމުގައި އޭނާގެ ފަރާތުން އަހަރެންނަށް މާ ގިނަ ކަންތައްތަކެއް ނުފެނުނު ކަމުގައި ވިޔަސް މޯރާ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް." އިބްރަހިމޮވިޗް ބުންޏެވެ.
ފްރެންޗް ކަޕްގައި އަންނަ އާދީއްތަ ދުވަހު އަރަސްއާއި ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗުގައި މޯރާ އަށް ބައިވެރިވެވޭނެ އެވެ.