02 Jan 2013, 22:46
އެންގޯލާގެ ވެރިރަށް ލުއަންޑާގެ ސްޓޭޑިއަމެއްގައި އާ ހަހަރު ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފުލާއަކަށް ޖަމާވި މީހުންތައް ސްޓޭޑިއަމް ތެރެއަށް ވަންނަން އުޅުމުގެ ތެރޭގައި އެތަނުގައި މީހުންތައް ތޮއްޖެހި ފިތި ބާރުވެގެން 10 މީހުން މަރުވެ 120 މީހުންނަށް ބޮޑެތި އަނިޔާތަކެއް ވެފައިވާކަމަށް އެ ގައުމުގެ ސްޓޭޓް ނިއުސް އޭޖެންސީ އެންގޮޕް އިން ބުނެފި އެވެ.
އެންގޯލާގެ އިމަޖެންސީ ސާވިސްގެ ތަރުޖަމާނަކާ ހަވާލާދީ އެންގޮޕް ނިއުސްގައި ބުނެފައިވަނީ ލުއަންޑާގެ ޗިޑަޑެލާ ޑެސްޕޯޓިވާ ސްޓޭޑިއަމްގައި ހުންނަ "ޔުނިވާސަލް ޗާޗް އޮފް ދަ ކިންގްޑަމް އޮފް ގޯޑް" (އައިޔޫއާރުޑީ) ނަމަކަށް ކިޔާ ފައްޅިން ހޯމަ ދުވަހުގެ ރޭ އިންތިޒާމް ކުރި އާ އަހަރުގެ ބޮޑު އެއްވުމަށް ޖަމާވި މީހުންތައް ތޮއްޖެހި ފިތި ބާރުމުވުމުގެ ސަބަބުން މަރުވި ދިހަ މީހުންގެ ތެރޭގައި ހަތަރު ކުޑަކުދިން ހިމެނޭ ކަމަށެވެ.
އައިޔޫއާރުޑީން އެންގޯލާ އަށް ކަނޑައަޅާފައިހުންނަ ޑެޕިއުޓީ 'ބައިޝްޕް' ފާނާ ބަތަލްހާ އާއި ހަވާލާދީ ރިޕޯތަކުގައި ބުނެފައި ވަނީ އެރޭ އެތަނަށް އެމީހުން އުންމީދު ކުރި ވަރަށްވުރެ ގިނަ މީހުން ޖަމާވިކަމަށެވެ. ލަފާކުރެވޭ ގޮތުގައި ގާތްގަނޑަކަށް 70،000 މީހުން ޖަމާވެފައި ވާނޭ ކަމަށާއި އެހެންވުމުން އެތަން ތޮއްޖެހުނީ ކަމަށެވެ.