02 Jan 2013, 17:27
މުދާ ބަރުކޮށްގެން ޓީޖެޓީ ސަރަހައްދުން ނިކުންނަން އުޅުނު ދޯންޏެއް އެމްޓީސީސީ ފެރީއެއްގައި ޖެހި ހިނގި އެކްސިޓެންޓެއްގައި ދޯނި އަޑިއަށް ހިނގައްޖެ އެވެ.
އެ އެކްސިޑެންޓް ހިނގާގައިފައި ވަނީ މިއަދު މެންދުރު ފަހު 1:15 އެހާކަންހާ އިރު "މިރިހި" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ނެރުން ނިކުންނަން އުޅުމުގެ ތެރޭގައި ވިލިމާލެ އިން މާލެ އައި އެމްޓީސީސީ ފެރީއެއްގައި ޖެހި ދޯނީގެ ދިރުބާކޮޅު ބިންދައިގެން ގޮސްގެން ކަމަށް ފުލުހުން ބުންޏެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެނުވެ އެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓްގައި އެމްޓީސީސީ ފެރީއަށް ވެސް އެކި ވަރުގެ ގެއްލުންތައް ވެފައިވާ ކަމަށެވެ. އަދި މިރިހި ދޯނީގައި ހުރި މުދަލަށް ވެސް ވަނީ އެކިވަރުގެ ގެއްލުންވެފަ އެވެ. އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވީ އެ އެކްސިޑެންޓް ހިނގީ އެމްޓީސީސީ ފެރީ ދުއްވި މީހާގެ އިހުމާލުން ނޫން ކަމަށާއި އެއީ މިރިހި ދޯނި ދުއްވި ކެޕްޓަންގެ އިހްމާލް ކަމަށެވެ.
މިފަހަކަށް އައިސް ފެރީތައް އެކްސިޑެންޓްވުމުގެ ހާދިސާތައް އަންނަނީ ކުރިމަތިވަމުންނެވެ. އެގޮތުން މިއަދު ވެސް ވަނީ އެމްޓީސީސީ ފެރީއަކާއި ހުޅުލޭ ފެރީއެއް ޖެހި ފަސް މީހަކަށް އަނިޔާވެފަ އެވެ. އެ އެކްސިޑެންޓްގައި ފަސް މީހަކަށް ވަނީ އެކިވަރުގެ ކުދި އަނިޔާވެފަ އެވެ. އަދި ދާދިފަހުން ހުޅުމާލޭ އެކްސްޕްރެސް ލޯންޗާއި ބަނޑޮސް ލޯންޗް ޖެހި ހިނގި އެކްސިޑެންޓެއްގައި ޓޫރިސްޓަކު ވެސް ވަނީ މަރުވެފަ އެވެ. އެ އެކްސިޑެންޓްގައި ގިނަ ބަޔަކަށް ސީރިއަސް ޒަހަމްތަކެއްވި އެވެ.