ހޯރަފުށީގައި މަރާލައި ފަޅު ގެއަކަށް އެއްލައިލާފައިވާ އެރަށު ސީވިއު ހުސެންމަނިކު


(ހުސޭނުބެ) ގެ މަރާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި އެ އެވެ.


ސަންއެފް އެމް އޮންލައިނަށް ކަށަވަރުވެފައިވާ ގޮތުގައި ރޭގެ ވަގުތެއްގައި ހައްޔަރު ކުރީ ހޯރަފުށީގެ ދެ ޒުވާނެކެވެ. މިކަމާ ގުޅޭ ގޮތުން ހޯރަފުށީ އޮފީހުން ވެސް އަދި ފުލުހުން ވެސް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.


ހުސޭނުބެގެ ދަނބިދަރިއެއް ކަމަށްވާ އަބްދުއް ރައޫފު މިއަދު ބުނީ ބައްޕަގެ މަރުގެ ހާދިސާއާ ގުޅިގެން  މިހާރު ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.


"އަޅުގަނޑަކަށް ނޭނގޭ ކިހާއިރަކު ކަމެއް އެ ދެމީހުން ހައްޔަރުކުރީ. އެކަމަކު މިރަށުގެ ދެ މީހަކު ވަނީ ރޭ ހައްޔަރުކޮށްފައި،" ރައުފޫ ބުންޏެވެ.


ރައޫފު ބުނީ ބައްޕަގެ މަރަށް ފަހު ބައްޕަގެ ހަތް ކުދިން ވެސް މިވަގުތު ހޯރަފުއްޓަށް  ގޮސް ތިބި ކަމަށާއި ހުރިހާ ކުދިން ވެސް ތިބީ ވަރަށް ބޮޑު ހިތާމައެއްގެ ތެރޭގައި ކަމަށެވެ. ހުސޭނުބެ މަރާލައި  ހޯރަފުށީ ފަޅުގެއެއްގެ ތެރެއަށް އެއްލައިލާފައި އޮއްވާ ފެނުނީ އިއްޔެ ހެނދުނު އެވެ.