"އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް"ގެ ނަމުގައި، އިދާރާއެއް މިއަދު އުފައްދަވައި އެ އިދާރާއަކީ ޑިފެންސް މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި އެެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް މި އުފެއްދެވީ، ދިވެހިރާއްޖޭގައި މަދަނީ ވައިގެ ބަނދަރުތައް އިތުރުވަމުން ދިޔުމާއި އިތުރު ވައިގެ ބަނދަރުތައް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްކުރަމުންދާތީ ރާއްޖޭގައި ޢަމަލުކުރަމުން އަންނަ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ޤާނޫނުތަކާއި ހިންގަމުންގެންދާ ގަވާއިދުތަކާއި ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމާ ބެހޭ އެންމެހާ ޚިދްމަތްތައް ފޯރުކޮށްދޭނެ މިންގަނޑުތަކާއި ފެންވަރުތައް ކަނޑައެޅުމާއި، އެ މިންގަނޑުތަކާއި ފެންވަރުތައް ހިފަހައްޓަމުން ގެންދޭތޯ ބެލުމުގެ އިންތިޒާމު ހަމަޖެއްސެވުމަށްޓަކައި ކަމުގައި ރައީސް އޮފީހުން މިއަދު ބުންޏެވެ.