މާލޭގެ ގެއަކަށް ވަދެ 13 އަހަރުގެ އަންހެން ކުއްޖަކާ މެދު ގަދަކަމުން ޖިންސީ ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހަކު ހޯދުމަށް ފުލުހުން އިއުލާން ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މާލޭ ދަފްތަރު ނަންބަރު 5113 ސަޢީދު އަޙުމަދު، 55، އަކީ ރޭ 9:30 އެހާކަންހާއިރު މާލޭގެ ގެއަކަށް ވަދެ 13 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރިކަމަށް ތުހުމަތު ކުރެވޭ މީހެެއް ކަމަށެވެ. އެހެންކަމުން އޭނާ އުޅޭތަނެއް އެނގޭ ފަރާތެއް ވާނަމަ ލަސް ނުކޮށް އެކަން ފުލުހުންނަށް އެންގުމަށް ފުލުސް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

"ވީމާ މީނާ އާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތަކުން ވީއެންމެ އަވަހަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ 119 ށް ނުވަތަ 3322111 އަށް ނުވަތަ 3000600 އަށް ނުވަތަ 3331510 އަށް ނުވަތަ 9790163 އަށް ގުޅުއްވައި މަޢުލޫމާތު ޙިއްސާ ކުރެއްވުން އެދެމެވެ. މީނާއާއި ބެހޭ މަޢުލޫމާތު ފުލުހުންނާއި ޙިއްސާކުރާ ފަރާތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމުގައި ދަންނަވަމެވެ،" ފުލުހުންގެ އިއުލާންގައި ވެއެވެ.

މިފަދަ ނުބައި ޖަރީމާ ހިންގާ ފަރާތްތައް ހޯދުމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.