31 Dec 2012, 14:57
ޝްރީލަންލާގައި ހުރި ހަމައެކަނި ޕްރައިވެޓް ޑެންޓަލް ހޮސްޕިޓަލް، ސަކޫރާ ޑެންޓަލް ހޮސްޕިޓަލުން ރާއްޖޭގައި ޑެންޓަލް ހޮސްޕިޓަލެއް ގާއިމު ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
ލަންކާގެ ޑެއިލީ ނިއުސްއާ ހަވާލާދީ އެ ހޮސްޕިޓަލްގެ ޗެއާމަން ގާމިނީ ރާޖަޕަކްސާ މިއަދު ވިދާޅުވީ ރާއްްޖޭގައި ޑެންޓަލް ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ދައުވަތުދީފައިވާ ކަމަށެވެ.
"ޖޮއިންޓް ވެންޗާއެއްގެ ގޮތުގައި ދިވެހި ރާއްޖޭގައި ޑެންޓަލް ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރުމަށް އެ ގައުމުގެ ސަރުކާރުން ވަނީ އަހަރުމެންނަށް ދައުވަތު ދީފައި،" ސަކޫރާ ޑެންޓަލް ހޮސްޕިޓަލުގެ ޗެއާމަން ގާމިނީ ރާޖަޕަކްސާ އާއި ގަވާލާދީ ޝްރީލަންކާގެ ޑެއިލީ ނިއުސްގައި ބުނެފައިވެ އެވެ.
ގާމިނީ އިތުރަށް ވިދާޅުވި ކަމަށް ވަނީ، ދިވެހި ސަރުކާރުން ވަނީ ރާއްޖޭގައި ޑެންޓަލް ހޮސްޕިޓަލެއް އެޅުމަށް ބޭނުންވާނޭ ބިން ހަމަޖައްސައިދޭނެ ކަމުގެ އިޝާރާތެއް ކުރަށްވާފައިވާ ކަމަށާއި އަދި ހާއްސަކޮށް އެ ހޮސްޕިޓަލުގައި ރާއްޖެ އިން ބޭރުގެ ޑޮކްޓަރުންނަށް މަސައްކަތް ކުރުމުގެ ހުއްދަ ވެސް ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
ސަކޫރާ އިން މިހާރު ތައްޔާރުވަމުންދަނީ ސްރީލަންކާގައި ގާއިމުކުރާ އެންމެ ފުރަތަމަ ޑެންޓަލް ނާސިންގް ޓްރެއިނިންގް ސެންޓަރު ގާއިމުކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށުމަށް ތައްޔާރު ވަމުންނެވެ.